ދިވެހިރާއްޖެ
މި އިޢުލާންވަނީ 11 އޮގަސްޓް 2020 11:46 ގައި ބާތިލް ކުރެވިފައެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ބައެއް ވެހިކަލްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު IUL)468-U01/468/2019/239) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ހޯދަން ބޭނުންވާ ތަކެތީގެ ތަފްޞީލް:
| 
 Year  | 
 2015 ގެ ފަހުގެ ވެހިކަލް އެއް  | 
| 
 Displacement  | 
 1980 cc  | 
| 
 Fuel  | 
 Petrol  | 
| 
 Steering Wheel  | 
 RHD  | 
| 
 Drive system  | 
 2WD  | 
| 
 Transmission  | 
 Auto transmission  | 
| 
 Color  | 
 Silver  | 
| 
 Seating Capacity  | 
 07 Pax  | 
| 
 Auto Door System  | 
|
| 
 Quantity  | 
 01  | 
މާކްސްދޭނެގޮތް.
| 
 އަގަށް  | 
 75%  | 
 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް ލިބޭގޮތަށް)  | 
| 
 ޑެލިވަރީ މުއްދަތު  | 
 -  | 
 ބިޑު ކާމިޔާބުވާ ދުވަހުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި ވެހިކަލް ކައުންސިލަށް ސަޕްލައިކޮށްދޭން ވާނެއެވެ.  | 
| 
 ތަޖުރިބާ  | 
 15%  | 
 (އެކި މުއައްސަސާތަކަށް މިފަދަތަކެތި އެންމެ ގިނައިން ސަޕްލައިކޮށްދީފައިވާ ފަރާތްތަކަށް އެންމެގިނަ ޕޮއިންޓްދޭގޮތަށް)  | 
| 
 މާލީ ޤާބިލްކަން  | 
 10%  | 
 (އެކައުންޓް ސްޓޭޓްމެންޓަށް ބަލައިގެން)  | 
އަންދާސީ ހިސާބު ހުށަހަޅާ ފަރާތްކުން ސަމާލުކަންދޭންވީ ކަންތައްތައް.
- އަންދާސީ ހިސާބު ހުށަހެޅޭނީ އިޢުލާނުގައި ހިމަނާފައިވާ އައިޓަމަށް އެއް އަންދާސީ ހިސާބެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ތަކެތީގެ ފުރިހަމަ މަޢުލޫމާތު )ސްޕެސިފިކޭޝަން) އެގޭނެހެން ހުށަހަޅަންވާނެއެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ތަކެތި ސަޕްލައިކޮށްދެވޭނެ މުއްދަތު ހިމަނަންވާނެއެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން ޖީއެސްޓީއަށްވާ ޢަދަދު ވަކިން އެގޭނެހެން ހުށަހެޅުއްވުން.
- އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި.
- ހުށަހަޅާ ފަރާތުގެ ޕްރޮފައިލް އަދި ސެޓްފިކެޓު އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ.
- ޖީ.އެސް.ޓީ. އަށް ރަޖިސްޓަރީ ކޮށްފައިވާ ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ.
- މާލީ ގާބިލްކަން އަންގައިދޭ ލިއުން: (ބޭންކް ކްރެޑިޓްސިޓީ ، ނުވަތަ ފާއިތުވި 03 މަހުގެ ބޭންކް ސްޓޭޓްމަންޓް، ނުވަތަ ވިޔަފާރީގެ އެންމެ ފަހުގެ އޮޑިޓް ރިޕޯރޓް(
- ޓެކްސް ކްލިއަރެންސް ރިޕޯރޓް.
- ޕްރޮފައިލް: ޕްރޮފައިލްގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.
(ހ) ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން:
(ށ) ފުރިހަމަ އެޑްރެސް:
(ނ) ފޯން ނަންބަރ:
(ރ) އީމެއިލް އެޑްރެސް:
(ބ) ރަޖިސްޓްރީ ނަންބަރ
(ޅ) ކުރަމުންދާ ވިޔަފާރީގެ ޚުލާސާ :
(ކ) ފަންނީގޮތުން ކުރިއަރާފައިވާ މިންވަރު:
(އ) ކުރަމުންދާ މައިގަނޑު މަސައްކަތާއި ، ދާއިރާއިން ލިބިފައިވާ ތަޖްރިބާ
(ވ) ކުރަމުންދާ ވިޔަފާރި ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާނަމަ ޖީއެސްޓީ ރަޖިސްޓްރީ ނަންބަރ
- އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ އެލިއުމެއް ހުށަހަޅުއްވަން ވާނެއެވެ.
އަންދާސީހިސާބު ބަލައިގަތުން.
ވީމާ މިތަކެތި ސަޕްލައިކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 12 އޯގަސްޓް 2020 ވާ ބުދަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރ އާއި ހުށަހަޅާފަރާތުގެ ނަން އަދި " ތަކެތި ވިއްކުމަށް އެދި " ލިޔެ ތިރީގައި މިވާ ގޮތަށް އެޑްރެސް ފުރިހަމަކޮށްފައެވެ.
" ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ"
ފުވައްމުލައް.
ދިވެހިރާއްޖެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް،
ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.
ފޯން: 6862829،6862830
އީމެއިލް: [email protected]
