ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ރުއްތިބިރަށަށް އެރުމާގުޅޭ

އިޢުލާން

ތ. ރުއްތިބިރަށަށް އެރުމާގުޅޭ

            ޓޫރިސްޓް ރިސޯޓެއް ތަރައްޤީ ކުރުމަށް އައިލެންޑް އެވިއޭޝަން ސާރވިސަސް ލިމިޓެޑާއި ޙަވާލުކުރައްވާފައިވާ ތ. ރުއްތިބިރަށް އެކުންފުނީގެ ފަރާތުން ބަޔަކާ ހަވާލުކުރެވެންދެން ވަގުތީ ގޮތުން އެރަށް ބެލެހެއްޓުން މިހާރުވަނީ ކޮޅުމަޑުލު ކިނބިދޫ ކައުންސިލާއި ހަވާލުކުރައްވާފައެވެ. އެހެންކަމުން ތ. ރުއްތިބިރަށަށް އެއްވެސް ފަރާތަކުން ދާންބޭނުންވާ ނަމަ ތ. ކިނބިދޫ ކައުންސިލްގެ ހުއްދަ ހޯދައިގެން މެނުވީ އެރަށަށް ނޭރުމަށް ދަންނަވަމެވެ. އަދި، ކިނބިދޫ ކައުންސިލާއި އެރަށް ބެލެހެއްޓުން ޙަވާލުކުރެއްވުމަށް ފޮނުއްވާފައިވާ ލިއުމުގައި އެރަށަށް ޕިކްނިކް ދިއުމަށް ހުއްދަނުދިނުމަށްވެސް އަންގަވާފައިވެއެވެ.

             ވީމާ، މިކައުންސިލްގެ ހުއްދައާއެކު ރުއްތިބިރަށަށް ދުރުވާ ފަރާތްތަކުން ތިރީގައިމި ދަންނަވާ ގޮތަށް އަމަލުކޮށްދެއްވުން އެދެމެވެ.

1-      އެރަށަށް އަރަންވާނީ ހެނދުނު 6:00 ގެ ފަހުންނެވެ. އަދި ހަވީރު 6:00 ގެ ކުރިން ރަށުން ފައިބާންވާނެއެވެ.

2-      ރުއްރުކުން އެއްޗެހި ނޭޅުމާއި ރޯފަން ނުކެނޑުން

3-      ރޯގަސް ނުކެނޑުމާއި ތިމާވެއްޓަށް ގެއްލުމެއް ލިބޭފަދަ އެއްވެސް ކަމެއް ނުކުރުން

4-      ރަށް ހަޑިވާފަދަ އެއްވެސް ކަމެއް ނުކުރުމާ ރަށުގެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުން

           މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            02 ޛުލްޙިއްޖާ  1441

            23 ޖުލައި    2020

23 ޖުލައި 2020
ހޯދާ