އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އދ. ދިގުރަށު ޞިއްޙީމަރުކަޒާއި އދ. ދިއްދޫ ޞިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް އދ. މާމިގިލީ ޞިއްޙީމަރުކަޒުގެ ލެބޯޓްރީއަށް ގެންގޮސްދިނުން

އދ. ދިގުރަށު ޞިއްޙީމަރުކަޒާއި އދ. ދިއްދޫ ޞިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް  އދ. މާމިގިލީ ޞިއްޙީމަރުކަޒުގެ ލެބޯޓްރީއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށްކުރި (ނަމްބަރު:(IUL)ADAH-AH/INDIV/2020/14) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅަފައި ނުވާތީ މި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް ތިރީގައި ދެންނެވިފައިވާ ތާރީޚުތަކާއި ގަޑިތަކުގައި އދ. މާމިގިލީ ޞިއްޙީމަރުކަޒަށް ނުވަތަ އދ. ދިގުރަށު ޞިއްޙީ މަރުކަޒަށް ނުވަތަ އދ. ދިއްދޫ ޞިއްޙީމަރުކަޒަށް ނުވަތަ އދ. އަތޮޅު ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރުމާއި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ނަން ނޯޓްކުރުން

23 ޖުލައި2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 12 އޮގަސްޓް2020 ވާ ބުދަ ދުވަހާ ހަމައަށް، ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 08:30 އިން 13:30 އަށް

މަޢުލޫމާތު ދިނުން

12 އޮގަސްޓް2020 ވާ ބުދަ ދުވަހު ހެނދުނު11:00 ގައި

އަންދާސީ ހުށަހެޅުން

13 އޮގަސްޓް2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި

 

މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 12 އޮގަސްޓް 2020 ވާ ބުދަ ދުވަހު ހެނދުނު 09:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

23 ޖުލައި 2020
ހޯދާ