ދިވެހިރާއްޖެ
އދ. ކުނބުރުދޫ ޞިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް އދ. އަތޮޅު ހޮސްޕިޓަލުގެ ލެބޯޓްރީއަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށްކުރި (ނަމްބަރު:(IUL)ADAH-AH/INDIV/2020/13) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅަފައި ނުވާތީ މި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މިއަދުން ފެށިގެން 12 އޮގަސްޓް 2020 ވާ ބުދަ ދުވަހާ ހަމައަށް، ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 08:30 އިން 13:30 އާއި ދޭތެރޭ އދ. ކުނބުރުދޫ ޞިއްޙީމަރުކަޒުގެ އޮފީހަށް ނުވަތަ އދ.އަތޮޅު ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 12 އޮގަސްޓް 2020 ވާ ބުދަ ދުވަހު ހެނދުނު 11:00 ގައި ޕްރީބިޑް ސެޝަނެއް އދ. ކުނބުރުދޫ ޞިއްޙީމަރުކަޒާއި އދ. އަތޮޅު ހޮސްޕިޓަލުގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 13 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އދ. ކުނބުރުދޫ ޞިއްޙީމަރުކަޒު ނުވަތަ އދ.އަތޮޅު ހޮސްޕިޓަލް ގައެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 12 އޮގަސްޓް 2020 ވާ ބުދަ ދުވަހު ހެނދުނު 09:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.