އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އދ. ހަންޏާމީދޫ ޞިއްޙީމަރުކަޒާއި އދ. އޮމަދޫ ޞިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް އދ. އަތޮޅު ހޮސްޕިޓަލުގެ ލެބޯޓްރީއަށް ގެނެސްދިނުން

އދ. ހަންޏާމީދޫ ޞިއްޙީމަރުކަޒާއި އދ. އޮމަދޫ ޞިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް  އދ. އަތޮޅު ހޮސްޕިޓަލުގެ ލެބޯޓްރީއަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށްކުރި (ނަމްބަރު:(IUL)ADAH-AH/INDIV/2020/12) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅަފައި ނުވާތީ މި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މިއަދުން ފެށިގެން 12 އޮގަސްޓް 2020 ވާ ބުދަ ދުވަހާ ހަމައަށް، ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 08:30 އިން 13:30 އާއި ދޭތެރޭ އދ. ހަންޏާމީދޫ ޞިއްޙީމަރުކަޒުގެ އޮފީހަށް ނުވަތަ އދ. އޮމަދޫ ޞިއްޙީމަރުކަޒުގެ އޮފީހަށް ނުވަތަ އދ.އަތޮޅު ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 12 އޮގަސްޓް 2020 ވާ ބުދަ ދުވަހު ހެނދުނު 11:00 ގައި ޕްރީބިޑް ސެޝަނެއް އދ. ހަންޏާމީދޫ ޞިއްޙީމަރުކަޒު، އދ. އޮމަދޫ ޞިއްޙީމަރުކަޒު އަދި އދ. އަތޮޅު ހޮސްޕިޓަލުގައި އޮންނާނެއެވެ. 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 13 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އދ. ހަންޏާމީދޫ ޞިއްޙީމަރުކަޒު ނުވަތަ އދ. އޮމަދޫ ޞިއްޙީމަރުކަޒު ނުވަތަ އދ.އަތޮޅު ހޮސްޕިޓަލް ގައެވެ.

މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 12 އޮގަސްޓް 2020 ވާ ބުދަ ދުވަހު ހެނދުނު 09:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

23 ޖުލައި 2020
ހޯދާ