ދިވެހިރާއްޖެ
މި އަތޮޅު ބޮޑުފޮޅުދޫ ޞިއްޚީމަރުކަޒުން ލެބޯޓަރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް އއ.މަތިވެރީ ޞިއްޚީމަރުކަޒަށް ގެނައުމާއި އަނބުރާ ގެންދިއުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:
އއ. ބޮޑުފޮޅުދޫ ޞިއްޚީމަރުކަޒުން ލެބޯޓްރީ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލްތައް އއ.މަތިވެރީ ޞިއްޚީމަރުކަޒަށް ގެނައުމާއި އަނބުރާ ގެންދިއުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުސޫލުން 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި އއ.ބޮޑުފޮޅުދޫ ޞިއްޚީމަރުކަޒަށް ނުވަތަ އއ.މަތިވެރީ ޞިއްޚީމަރުކަޒަށް ވަޑައިގެން ނަންނޯޓް ކުރުމާއި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
| 
 ނަންނޯޓް ކުރެއްވުން  | 
 23 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 12 އޮގަސްޓް 2020 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ހެނދުނު 10:00 ން 11:00 އާއި ދެމެދު ރަސްމީ ދުވަސްތަކުގައި  | 
| 
 މަޢުލޫމާތު ދިނުން  | 
 16 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00  | 
| 
 އަންދާސީ ހިސާބު ހުށައެޅުން  | 
 19 އޮގަސްޓް 2020 ވާ ބުދަ ދުވަހުގެ ހެނދުނު 10:00  | 
މި އިޢުލާނާއި ގުޅިގެން ނަންނޯޓް ނުކުރާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6660645 ނުވަތަ 6660862 އަށް ގުޅުއްވުން އެދެމެވެ.
