އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލޯން އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް
މަޤާމް: ލޯން އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް
މަޤާމުގެ ބާވަތް: ދާއިމީ
ބޭނުންވާ ޢަދަދު: 1
މަޤާމުގެ ޝަރުތު:
- މަޤާމާގުޅޭ ދާއިރާއަކުން ޑިޕްލޮމަރ ޙާޞިލުކޮށްފައިވުން، ނުވަތަ
- ޖީ.ސީ.އީ އޭ ލެވެލް ނިންމާފައިވުމާއެކު މަސައްކަތާގުޅޭ ދާއިރާއަކުން 01 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
- ލޯނު ލިބޭ ފަރާތްތަކަށް، ލޯނު ލިބުނުކަމުގެ ސިޓީ ތައްޔާރުކޮށް ފޮނުވުމުގެ މަސައްކަތްކުރުން.
- މޯގޭޖް އެގްރީމެންޓްސް ތައްޔާރުކުރުމާއި ކޯޓުމަރުހަލާގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- މޯގޭޖް އެގްރީމެންޓް ރެޖިސްޓްރީކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
- ކަސްޓަމަރުންގެ ލޯނު އެކައުންޓާގުޅޭ އެންމެހާ ރެކޯޑުތައް ފުރިހަމަކޮށް ބެލެހެއްޓުން.
- ލޯނު ނަގާފައިވާ ކަސްޓަމަރުންނާގުޅޭ މަޢުލޫމާތުތައް ހޯދުމަށް ފައިނޭންސް އަދި ކްރެޑިޓް ޑިޕާޓްމެންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ކަސްޓަމަރުންގެ ސައިޓުތަކަށް ޒިޔާރަތްކޮށް މަސައްކަތް ކުރިއަށްދާގޮތުގެ އިންސްޕެކްޝަން ހެދުން.
- ކަސްޓަމަރުންގެ ފަރާތުން އަންނަ ޝަކުވާތަކަށް ޖަވާބުދީ، އެފަދަ ޝަކުވާތައް ޙައްލުކުރުން.
- ލޯން އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓްގެ ރިކޯޑްސްތައް ޙަވާލުކުރެވޭ ގޮތެއްގެމަތިން ބެލެހެއްޓުމާއި ފައިލް ކުރަންޖެހޭ ރިކޯޑްތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.
- ލޯން އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓްގައި ކުރަންޖެހޭ އެހެނިހެން މަސައްކައްތައް ޙަވާލުކުރެވޭގޮތެއްގެމަތިން ކުރުން.
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ. (ތަޖުރިބާ ހުރިކަމަށް ބެލޭނީ ވަޒީފާއަދާކުރި/ކުރަމުންދާ ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ ހުށަހަޅާފައިވާނަމައެވެ.)
- މުޢާމަލާތް ކުރުމުގެ ހުނަރު (ދިވެހިބާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރެވޭ މިންވަރު).
- މައިކްރޮސޮފްޓް އެޕްލިކޭޝަންސް ފަރިތަކަމާއެކު ބޭނުންކުރަންއެނގޭ މިންވަރު.
- މަސައްކަތާގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު.
މުސާރައާއި ޢިނާޔަތްތައް:
- 8,000ރ އާއި 12,000ރ އާއި ދެމެދު.
މަސައްކަތްކުރަންޖެހޭ ގަޑި:
- ހެނދުނު 08:00 އިން ހަވީރު 16:00 އަށް.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ.
- ވަޒީފާއަދާކުރި/ކުރަމުންދާ ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
އެޕްލިކޭޝަން ހުށަހަޅަންވީ ގޮތާއި ސުންގަޑި:
- މި މަޤާމަށް އެދި ސިޓީ ފޮނުއްވާނީ 05 އޮގަސްޓް 2020 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މި ކޯޕަރޭޝަންގެ އީމެއިލް: [email protected] އަށެވެ. އެޕްލިކޭޝަންސް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އީމެއިލްއިންނެވެ.
މި ވަޒީފާއާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 09:00–14:00 ދެމެދު 3026015 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
22 ޖުލައި 2020
ހޯދާ