ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ

ވަޒީފާގެ ފުރުޞަތު

 ނަންބަރު: IUL)195-A-HR/1/2020/09)

 ތާރީޚް: 22 ޖުލައި 2020

 މަޤާމު

 ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ

މަސައްކަތް ކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ބޭނުންވާ އަދަދު

1 (އެކެއް)

މުއްދަތު

5 އަހަރު

މުސާރަޔާއި ޢިނާޔަތްތައް

އަސާސީ މުސާރަ  (މަހަކު)

 -/30,500 ރުފިޔާ

ލިވިންގ އެލަވަންސް (މަހަކު)

 -/15,000 ރުފިޔާ

ފޯނު އެލަވަންސް (މަހަކު)

 -/2,000 ރުފިޔާ

އަސާސީ ޝަރުޠު

ޝަރުޠު

 

 މަޤާމުގެ އަސާސީ ޝަރުޠު:

 - އިދާރީ ހިންގުމުގެ ނުވަތަޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން އަދި އިދާރީ ހިންގުމުގެ ނުވަތަޤާނޫނީ ދާއިރާއިން މަދުވެގެން 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 - މުސްލިމަކު ކަމުގައިވުން

 - ދިވެހި ރައްޔިތަކު ކަމުގައިވުން

 - ސިޔާސީޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން

 

 އިންޓަރވިއުޕެނަލުން ބާލނެ ކަންކަން:

 - ތަޢުލީމު

 - ތަޖުރިބާ

 -ޤާބިލުކަން

 

މަޤާމުގެ މަސްއޫލިއްޔަތު

 

 - ދިވެހިރާއްޖޭގެ ޢަދުލު އިންޞާފުޤާއިމުކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފުގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުން

 - ކޯޓުތަކަށް އިދާރީ މުވައްޒަފުންޢައްޔަންކުރުމާއި، މަޤާމުގެ ކުރިއެރުންދިނުމާއި، އިދާރީ ފިޔަވަޅު އެޅުމާއި، ވަކިކުރުން

 - ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ އުސޫލަކުން ފަނޑިޔާރުންނަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންނަށާއި، ކޮމިޝަނުގެ މުވައްޒަފުންނަށާއި، ޝަރުޢީ ދާއިރާއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތަކާއި ތާޒާކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން

 - ފަނޑިޔާރުންގެޢިލްމީ ފެންވަރު މަތިކުރުމުގެ ގޮތުންނާއި ފަންނީ ހުނަރު އިތުރުކުރުމުގެ ގޮތުން ބާއްވަންޖެހޭ ބައްދަލުވުންތަކާއި، ސެމިނާރ އަދި ކޮންފަރެންސްތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ އުސޫލާ އެއްގޮތަށް ބޭއްވުން

 -ޤާނޫނުތަކަށާއިޤާނޫނީ ނިޒާމަށް އަންނަ ބަދަލުތަކާގުޅޭ މަޢުލޫމާތާއި ތަމްރީން ދިނުމާބެހޭ ކަންކަން ރާވައި ހިންގުން

 - ކޯޓުތަކުގެ ނިންމުންތައް ފުރިހަމައަށް ރެކޯޑްކޮށް ބެލެހެއްޓުމާއި އެ ނިންމުންތައްޢާންމުކޮށް ފަސޭހައިން ލިބެން ހުންނާނެ ނިޒާމެއްޤާއިމުކުރުން

 -ޢަދުލު އިންޞާފުޤާއިމުކުރުމުގެ ބާރުގެ ކޮންސޮލިޑޭޓެޑް ބަޖެޓް ކޯޓުތަކުގެ މަޝްވަރާއާއެކު އެކުލަވާލުން

 - ރަޖިސްޓްރާރއެއް ހުންނަންވާނެކަމަށްޤާނޫނުގައި ކަނޑައަޅާފައިވާ އެންމެހައި ކޯޓުތަކަށް ރަޖިސްޓްރާރއިންޢައްޔަންކުރުމާއި ވަކިކުރުން

 - ކޯޓުތަކަށް ބޭނުންވާނެ އެކިއެކި ވަސީލަތްތައް ސަރުކާރާއި އެހެނިހެން އިދާރާތަކުން ހޯދައިދިނުން

 - ކޯޓުތަކުގެ ފައިސާ ބެލެހެއްޓުމުގެ ކަންތައްތައް، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2006/3 ) ގައިވާ ގޮތުގެމަތިން، ހިނގާތޯ ބެލުމަށްޓަކައި އިންޓަރނަލް އޮޑިޓްގެ ނިޒާމެއް ޤާއިމުކޮށް ބެލެހެއްޓުން

 - ކޮންމެ މީލާދީ އަހަރެއް ނިމުމުން، އެ ނިމުނު އަހަރު ޝަރުޢީ ދާއިރާ ހިނގި ގޮތުގެ ރިޕޯޓެއް ތައްޔާރުކޮށް އެ ރިޕޯޓު އުއްތަމަފަނޑިޔާރަށާއި، ރައްޔިތުންގެ މަޖިލީހަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ވިދިގެން އަންނަ އަހަރުގެ ފެބުރުވަރީ މަސް ނިމުމުގެ ކުރިން ފޮނުވައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓްގައި އެ ރިޕޯޓު ޝާއިޢުކުރުން

 - އެކިއެކި ޖުޑީޝަލް ދާއިރާތަކުގެ މައްސަލަތައް ނުނިމި ލަސްވުމުގެ ސަބަބުން ނުވަތަ އެ ދާއިރާއެއްގައި މެޖިސްޓްރޭޓުން މަދުވުމުގެ ސަބަބުން މައްސަލަ ބެލުން ލަސްވަމުންދާނަމަ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ އުސޫލަކުން ރަށްރަށަށް ފޮނުވަންޖެހޭ ޝަރުޢީ ވަފުދުތައް ފޮނުވުމުގެ އިދާރީ ކަންކަން ހަމަޖެއްސުން

 - ދިވެހިރާއްޖޭގެޢަދުލު އިންޞާފުޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ އުސޫލަކާ އެއްގޮތްވާ ގޮތުގެމަތިން، ހިންގައި ބެލެހެއްޓުން

 - މެޖިސްޓްރޭޓް ކޯޓުތަކުގެ ޚަރަދުތަކަށް ފޮނުވަންޖެހޭ ފައިސާ، ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ފޮނުވައި، އެކަމުގެ ރެކޯޑް ބެލެހެއްޓުމާއި، ކޯޓުތަކުގެ ފައިސާގެ ހިސާބުތައް އޮޑިޓްކުރުން

 - ދުވަސްވީ ޝަރުޢީ ލިޔުންތައް ގިނަ ދުވަހަށް ދެމިހުންނާނެ ގޮތަކަށް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އެ ލިޔުންތަކަކީ ޢާންމުކޮށް ލިބޭ ލިޔުންތަކެއްގެ ގޮތުގައި ހަމަޖައްސައި، އެ ލިޔުންތަކުގެ ކަރުދާސްކޮޕީ ލިބޭނެގޮތް ހަމަޖެއްސުން

 - ޝަރުޢީ ދާއިރާގެ ބޭނުމަށްޓަކައި ހޯދަންޖެހޭޢިމާރާތްތައް ހޯދުމާއިޢިމާރާތްކުރަންޖެހޭ ތަންތަން ކަނޑައަޅައިޢިމާރާތްކުރުމާއި މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން

 - ޢަމަލުކުރެވެމުންދާ ޤާނޫނާއި، ގަވާއިދުތަކާއި، އެޤާނޫނުތަކާއި ގަވާއިދުތަކަށް އަންނަ އިޞްލާޙުތަކާއި، އުސޫލުތައް ކޯޓުތަކަށް ފަސޭހައިން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން

 - ކޯޓުތަކުގެ ތަފާސްހިސާބު އެއްކުރުމާއި، ރައްކާކުރުމާއި ޢާންމުކޮށް ޝާއިޢުކުރުން

 - ކޯޓުތަކަށް ހޯދަންޖެހޭ އެންމެހައި ތަކެތި، ކޯޓުތަކުން އެދޭ ގޮތުގެމަތިން، ހޯދޭނެ އިންތިޒާމު ހަމަޖައްސައި، އެ ތަކެތީގެ އިންވެންޓްރީ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން

 - ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ވާޖިބު އަދާކުރުމަށް ބޭނުންވާ އެހީތެރިކަން އެ ފަރާތަށް ފޯރުކޮށްދިނުން

 - ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ލަފަޔާއެކު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓާއި، ހައިކޯޓުގެ ފަނޑިޔާރުން ފިޔަވައި، އެހެން ކޯޓުތަކުގެ ފަނޑިޔާރުންގެ ޢަދަދު ކަނޑައެޅުން

 - ފަނޑިޔާރުންނަށް ޗުއްޓީ ދިނުން

 - ކޯޓު ހިންގުމާ ޙަވާލުވެ ހުންނަ ފަނޑިޔާރު ޗުއްޓީއަށްދާނަމަ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ލަފާގެމަތިން އެ ކޯޓުގެ ހިންގުން އެ ކޯޓުގެ އެހެން ފަނޑިޔާރަކާ ޙަވާލުކުރުން

 -ޢާންމުންނަށްދޭ ޚިދުމަތުގެ ފީ ނަގާނެ އުސޫލެއް ކަނޑައެޅުން

 - މިނޫނަސް ޤާނޫނުއަސާސީއާއި އެހެން ޤާނޫނުތަކުން ޙަވާލުކުރެވޭ އެންމެހައި ކަންކަން ކުރުން

 

މި އިޢުލާންގައިވާ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

 

  1. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ  ވަޒީފާއަށް އެދި ހުށަހަޅާ ފޯމް (މި ފޯމް މި ކޮމިޝަނުން އަދި ކޮމިޝަންގެ ވެބްސައިޓް  www.jsc.gov.mv  އިން ލިބެންހުންނާނެއެވެ.)
  2. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް
  3. މި މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)
  4. ވަނަވަރުގައި ކުރިން ވަޒީފާ އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި ރޭންކް ނުވަތަ ކްލެސިފިކޭޝަން) އެނގޭގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި އެ ވަޒީފާ ތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހެއްގެ ލިޔުން
  5. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މުވައްޒަފެއްގެ ގޮތުގައި ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މުވައްޒަފެއްގެ ގޮތުގައި ނުވަތަ ފަނޑިޔާރެއްގެ ގޮތުގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މުވައްޒަފެެއްގެ ގޮތުގައި ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މުވައްޒަފެއްގެ ގޮތުގައި ނުވަތަ ފަނޑިޔާރެއްގެ ގޮތުގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު ވަޒީފާ ބަދަލުކުރުމަށް ނުވަތަ އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.
  6. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ

ނޯޓް: ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކެ 1 ސެޕްޓެމްބަރ 2016 ގެ ފަހުން ރާއްޖޭގެ ކޮލެޖު/ޔުނިވަރސިޓީތަކުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.

 

ސުންގަޑި

11 އޯގަސްޓް 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ހ.ސަކީނާ މަންޒިލް / ގްރައުންޑް ފްލޯ) އަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރުމަޢުލޫމާތު

 

  1. ކޮމިޝަންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް އަދި ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައިނުވާނަމަ އެ ފޯމް ބާތިލްވާނެއެވެ.
  2. މި މަޤާމަށް ހޮވޭ ފަރާތަށް ވަޒީފާއަށް ހޮވުނުކަމުގެ ލިޔުން ކޮމިޝަނުން ފޮނުވާނެއެވެ. އަދި މި މަޤާމަށް ނުހޮވޭ ފަރާތްތަކަށް ނުހޮވުނުކަން ސަބަބާއެކު އެ ފަރާތްތަކަށް ލިޔުމުން އަންގާނެއެވެ.
  3. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު، އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާފައިޥާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.
  4. މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501، 3340628، 3340617 އެވެ. ވަޒީފާއަށް އެދޭ ފޯމް www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
22 ޖުލައި 2020
ހޯދާ