މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ހިންމަފުށިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމާއި ގުޅިގެން ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ، ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީލިސްޓް ޢާއްމުކުރުން

އިޢުލާން

ކ.ހިންމަފުށިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމާއި ގުޅިގެން ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ،ފަރާތްތަކަށް ޕޮއިންޓްލިބިފައިވާ ގޮތުގެ ވަގުތީލިސްޓް ޢާއްމުކުރުން     

           ކ.ހިންމަފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު އިޢުލާން (IUL)335-AS/335/2020/54 އާއި ގުޅިގެން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަނުވާ އަދި ފޯމްބާޠިލްވެފައިވާ، ވަގުތީ ލިސްޓަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅާފައި ނުވާކަމުގައި ދަންނަވަމެވެ. އަދި ޝަރުތުހަމަވާ ފަރާތްތަކުގެތެރެއިން ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީލިސްޓް މިއިޢުލާނާއިއެކު، ޢާއްމު ކުރަމެވެ.

           ވީމާ ޕޮއިންޓް ލިބިފައިވާ ވަގުތީ ލިސްޓްގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޝަކުވާ އެއްހުށަހަޅަން ބޭނުންވާނަމަ، " ކ. ހިންމަފުށިން ދޫކުރާ 100 ގޯއްޗަށް އެދިފައިވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާ ފޯމް " ފުރުމަށްފަހު 09 އޯގަސްޓް 2020 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާގެ މެއިލްއަށް [email protected] ނުވަތަ ހިންމަފުށީ ކައުންސިލްގެ އިދާރާއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

            ޕޮއިންޓް ލިބިފައިވާވަގުތީ ލިސްޓްގައިވާ ފަރާތްތަކުން ހުށަހަޅުއްވާ ޝަކުވާތަކަށް ހިންމަފުށީ ކައުންސިލް އިދާރާއިން ނުވަތަ މެއިލްގެ ޒަރީޢާއިން ޖަވާބު ލިބިލައްވާނެއެވެ. އަދި ޕޮއިންޓް ލިބިފައިވާ ވަގުތީލިސްޓުގައިވާ ފަރާތްތަކަށް ހުށަހެޅޭ ޝަކުވާއާއި، އަދި އެހެނިހެން ސަބަބުތަކާއިގުޅިގެން ޕޮއިންޓް ލިބިފައިވާ ވަގުތީލިސްޓަށް ބަދަލު އައުން އެކަށީގެންވާ ކަމުގައި ދަންނަވަމެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

21 ޖުލައި 2020
ހޯދާ