ދިވެހިރާއްޖެ
މި މަސައްކަތަށް މީގެ ކުރިން ކުރެވުނު މިއިދާރާގެ ނަމްބަރ: IUL)416-ESMSMS/416/2020/35) އިޢުލާނަށް ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އަގުތައް ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލުމަށް ކުރެވުނު މިއިދާރާގެ ނަމްބަރ: IUL)416-ESMSPR/416/2020/38) އިޢުލާނުގައިވާ މަސައްކަތްތައް ތަފްޞީލް ކުރުމުގެ ގޮތުން އެ އިޢުލާން ބާޠިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
އަލަށް ހަދަން ބޭނުންވާ މަގުގައި ހުރި، ރުއްގަސް ބުޑާއިއެކު ނަގައި މަގުލެވަލްކޮށް ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ!
ގދ. މަޑަވެލީ ނިކަ ގޯތީގެ ދެކުނަށް، ހައުސިން ޔުނިޓްގެ އުތުރަށް އޮތް މަގާވީ ފަރާތުގައިވާ 05 (ފަހެއް) ރުއް ބުޑާއިއެކު ނަގައި، މި މަގު (ނިކަ ގޯތީގެ ހުޅަނގުން ހާދޫ މަގާއި ހިސާބުން އެސްޓަންވިލާ ގޯތީގެ އިރުމަތީ މަގާއި ހަމައަށް) ލެވެލްކޮށް، މަގުގައިވާ ކުންޏާއި ބޮޑަތި ގައު ފަދަ ތަކެތި ނަގައި، މަގު ސާފް ކޮށް، ކުނި ގޮނޑަށް އުކައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ!
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ދެންނެވިފައިއެވާ ތާރީޚާއި ގަޑިއަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު އަންދާސީ ހިސާބުގައި، އަގާއި، މި މަސައްކަތް ނިންމާލެވޭނެ މުއްދަތު، ހިމެނުއްވުމަށްފަހު ހުށަހެޅުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 6840006 އަށް ގުޅުއްވުން އެދެމެވެ.
ތަން |
ވަގުތު |
ދުވަސް |
ތާރީޚް |
|
މަޑަވެލި ކައުންސިލްގެ މީޓިން ރޫމް |
11:00 |
ހޯމަ |
10 އޮގަސްޓް 2020 |
ބީލަން ހުށަހެޅުން |
މާރކްސްދޭނެ ގޮތް: އަގަށް: %70، މުއްދަތަށް: %30
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.