ދިވެހިރާއްޖެ
ހދ.ނޮޅިވަރަމު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިއޮތް Toyota Townace ވޭނުގެ އިންޖީނު ހަލާކުވެފައިވާތީ، މިހާރުހުރި ވައްތަރުގެ އިންޖީނެއް ހޯދައި ބަދަލުކޮށް، ވެހިކަލްގެ ބޮޑީ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)264/PRIV/2020/19 (11.03.2020) އިޢުލާން ވަނީ އެކަށީގެންވާ ތަރުޙީބެއް ނުލިބުމުގެ ސަބަބުން ބާޠިލުވެފައެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ .
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ކުންފުންޏެއްގެ ފަރާތުން މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތެއްނަމަ އެކަން އެނގޭނެ ކުންފުނީގެ ލިޔުމަކާއި ހާޒިރުވާ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ގެންނަންޖެހޭނެއެވެ. އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ވެރިފަރާތްނޫން ފަރާތެއް މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ލިޔުމަކާއި ހާޒިރުވާ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ގެންނަންޖެހޭނެއެވެ. އެނޫން ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.
މަޢުލޫމާތުދިނުން |
އަންދާސީހިސާބު ހުށަހެޅުން |
10 އޮގަސްޓު 2020 (ހޯމަ) 10:30 |
19 އޮގަސްޓު 2020 (ބުދަ) 10:30 |
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ޖުލައި 22 އިން 2020 އޮގަސްޓު09 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް ނަންނޯޓްކުރެއްވުން އެދެމެވެ.
- މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 އޮގަސްޓު 09 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
މި ބީލަމުގައި ބައިވެރިވާން އެދި ނަން ނޯޓްކުރައްވާ ފަރާތްތަކަށް، މި ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާސް މެއިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ.
ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.
ފޯން: 6520043
އީ-މެއިލް: [email protected]