ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމްކުރާ ލައިސަންސިންގ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބާ ކައުންސިލުގައި ރަޖިސްޓަރީވުމަށް ހުޅުވާލުން

          މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ދިވެހި ރާއްޖޭގެ ޤާނޫނީ ވަކީލު ކަމުގެ ހުވާ ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފާސްކޮށްފައިވާތީ، އެ ތަމްރީން ޕްރޮގްރާމް ހިންގުމަށް ތައްޔާރުވުމުގެ މަސައްކަތް މިއޮފީހުން މި އަންނަނީ ކުރަމުންނެވެ. ވީމާ، މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 23 ޖުލައި 2020 ގެ 14:00ގެ ކުރިން ތިރީގައިވާ ލިންކުގައިވާ ގޫގުލް ފޯމް މެދުވެރިކޮށް ބާ ކައުންސިލުގައި އެފަރާތުގެ ނަން ރަޖިސްޓަރީކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. 

ގޫގުލް ފޯމް ލިންކް:  

/https://maldivesbarcouncil.org/licensing-training

        ތަމްރީނު ޕްރޮގްރާމުގައި ރަޖިސްޓަރީވުމާބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމަށް، ނުވަތަ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުން އެދެމެވެ.

18 ޖުލައި 2020
ހޯދާ