ދިވެހިރާއްޖެ
ނަންބަރު (IUL)GAAH/GAAH/2020/10
އިޢުލާން
ގއ.އަތޮޅު ސިއްޙީމަރުކަޒުތަކުން ގއ އަތޮޅު ހޮސްޕިޓަލަށް ލެބޯޓްރީ ސާމްޕަލްތައް ގެންދިއުމަށް ދަތުރުކުރާނެ ފަރާތެއް ހޯދުން
ގއ.އަތޮޅު ސިއްޙީމަރުކަޒުތަކުން ގއ އަތޮޅު ހޮސްޕީޓަލަށް ލެބޯޓްރީ ސާމްޕަލް ގެންދިއުމަށް ދަތުރުކޮށްދޭނެ ފަރާތެއް ހޯދުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިދަތުރުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ޖުލައި 2020 ވާ ބުރާސްފަތި ދުވަހު 11:00 އަށް މި އަތޮޅުގެ ރަށްރަށުގެ ސިއްޙީ މަރުކަޒުތަކާއި އަދި މި ހޮސްޕިޓަލަން ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ޖުލައި 2020 ވާ ބުދަ ދުވަހު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި ގަޑިޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
16 ޖުލައި 2020 މ.