ދިވެހިރާއްޖެ
ޤާނޫނު ނަމްބަރު: 7/2010 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެމަތިން އެކުލަވާލައި ކައުންސިލުން ފާސްކޮށް، ޤާނޫނީ ބާރު ލިބިފައިވާ، ނަމްބަރު: 2014/R-115 (4 އޮގަސްޓް 2014) "ބަނދަރު ބެލެހެއްޓުމާ ބެހޭ ޤަވާޢިދު" ގެ 3 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ބަނދަރުގައި އުޅަނދުފަހަރު އެޅުމަށް ސަރަޙައްދުތައް ފާހަގަކޮށް، މިއިދާރާގެ ނަމްބަރު: (IUL)374-C/374/2018/7 (22 ޖަނަވަރީ 2018) އިޢުލާނުވާނީ ޢާއްމުކޮށް، ބަނދަރު ސަރަޙައްދުގައިވެސް ބަހައްޓާފައެވެ. އަދި އެއަށްފަހު ވެލިބާލާ ސަރަޙައްދާއި މަސް ބާލާ ސަރަޙައްދާއި ކުދި ލާންޗާއި ޑިންގީއާއި ބޮއްކުރާ އަޅާ ސަރަޙައްދު ބަދަލުކޮށް، މިއިދާރާގެ ނަމްބަރު: (IUL)374-C/374/2020/76 (8 ޖޫން 2020) އިޢުލާނުވެސް ވާނީ ޢާއްމުކޮށްފައެވެ.
ވީމާ،ނިލަންދޫ އިރުމަތީ ބަނދަރުގައި އުޅަނދުފަހަރު އެޅުމަށް އަންގާފައިވާ ގޮތަށް އުޅަނދުފަހަރު އަޅަމުން ގެންދެވުމަށާއި އެއާ ޚިލާފަށް އުޅަނދު ފަހަރު އަޅާ ފަރާތްތަކާމެދު، ނިލަންދޫ ބަނދަރު ބެލެހެއްޓުމާއި ބެހޭ ޤަވާޢިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެކަން ޢާއްމުކޮށް އަންގައި އިޢުލާނުކުރަމެވެ.
25 ޛުލްޤަޢިދާ 1441
16 ޖުލައި 2020