ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އޮންލައިން އިންޓަރނޭޝަނަލް ކޯޗިންގްކޯސް ( ލެޕްޒިގް ޔުނިވަރސިޓީ )

ޖަރުމަނީގައި ހުންނަ ލެޕްޒިގް ޔުނިވަރސިޓީ އިން އިންތިޒާމްކޮށްގެން އޮންލައިންކޮށް އިންޓަރނޭޝަނަލް ކޯޗިންގ ކޯހެއް ބޭއްވުމަށް ވަނީ ރާވާފައެވެ. އަދި ރާއްޖޭގެ ކޯޗެއްބައިވެރި ކުރުމަށް ނަންހުށައެޅުމުގެެ ފުރުޞަތު ލިބިފައިވާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން މި އެސޯސިއޭޝަން އަށް ލިޔުމުން ހުށަހަޅާފައިވުމާއިއެކު މި ކޯހުގައި ބައިވެރިވާން ޝައުގުވެރިވެލައްވާ ފަރާތްތަކުން ލިޔުމުން އެފަރާތެއްގެ ވަނަވަރާއިއެކު 19 ޖުލައި 2020 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި އެސޯސިއޭޝަންއަށް ހުށަހެޅުން އެދެމެވެ.

20 ސެޕްޓެމްބަރ 2020 އިން 31 ޖެނުއަރީ 2021 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މިކޯހުގެ ލެކްޗަރތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވެބިނަރ މެދުވެރިކޮށެވެ. މިކޮށް ފުރިހަމަ ކުރާ ބައިވެރިންނަށް ލެޕްޒިގް ޔުނިވަރސިޓީ އިން އެވަރޑްކުރާ އިންޓަރނޭޝަނަލް ކޯޗިންގ ކޯހުގެ ސެޓިފިކެޓް އެރުވޭނެއެވެ. ކޯހުގެ މޮޑިއުލްތައް ބެހިފައިވަނީ އަންނަނިވި ފަދައިންނެވެ.

1. Long-term training planification

2. Training periodization

3. Personality development in children

4. Motor learning

 

ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މީގެ ކުރީގައި މި ކޯހުގައި ބައިވެރި ވެފައިނުވާ، އަދި ބެޑްމިންޓަން ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކަށް އިސްކަންދެވޭނެ ވާހަކަ ދަންނަވަމެވެ.

15 ޖުލައި 2020
ހޯދާ