ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
WAMCO-BDM/PR/2020/007 ނަންބަރު އިޢުލާން ބާޠިލް ކުރުން

އިޢުލާން


ނަންބަރ: WAMCO-OPS/IUL/2020/018

WAMCO-BDM/PR/2020/007 ނަންބަރު އިޢުލާން ބާޠިލް ކުރުން

ކޮވިޑް-19 ގެ ލޮކްޑައުންއާއި ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދެވިފައިވާ ލުއިތަކާއި ގުޅިގެން، މި ކޯޕަރޭޝަންގެ ފަރާތުން ކޮށްފައިވާ ނަންބަރ: WAMCO-BDM/PR/2020/007 (03 މެއި 2020) އިޢުލާން 2020 ޖުލައި 16 ވަނަ ދުވަހުންފެށިގެން ބާޠިލް ކުރެވޭނެ ކަމުގައި ދެންނެވީމެވެ. 

އެހެންކަމުން، 2020 ޖުލައި 16 ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވެގެން ނައްތާލާ ތަކެއްޗާއި ބޭނުންކުރުން މަނާކުރެވިފައިވާ މުދާ ނައްތާލުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާނީ މިކޯޕަރޭޝަންގެ ފަރާތުން ގެޒެޓް ކޮށްފައިވާ ނަންބަރ: WAMCO-OPS/IUL/2019/001 (06 ޖަނަވަރީ 2019) އިޢުލާނުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން، ކ.ތިލަފުށީގައި ޤާއިމްކުރެވިފައިވާ ވޭސްޓް ޑިސްޕޯސަލް ސައިޓުންނެވެ. 

24 ޛުލްޤައިދާ 1441

15 ޖުލައި 2020

15 ޖުލައި 2020
ހޯދާ