ދިވެހިރާއްޖެ
މިރަށުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމު ކުރުމުގެ ގޮތުން މިދަންނަވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށްޓަކައި މިއިދާރާގެ ނަންބަރު: (IUL)301/301/2020/18 (24-06-2020) އިޢްލާނު ކުރެވިފައިވީ ނަމަވެސް އެކަށީގެންވާ ގޮތެއްގައި އިޖާބަ ދެއްވާފައި ނުވާތީ 2 ވަނަ ފަހަރަށް އިޢްލާނު ކުރަމެވެ. މިހެންކަމުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ރުއްގަހުގެ ވެރިފަރާތްތަކުން ލިޔެކިޔުން (ރުއްގަހުގެ މިލްކު ސާބިތު ކުރި ފަތް) ހުށަހެޅުމަށް ދަންނަވަމެވެ. މިސަރަޙައްދުގައި ހުރި ރުއްގަހުގައި ކަޅު ކުލައިގެ ސްޕްރޭއިން 01 އިން 166 އަށް ނަންބަރު ޖަހާފައި ވާނެއެވެ. އަދި އެސަރަޙައްދުގައި ހުރި ކަނދު ބުޑުލީ ރުއްގަނޑުގައި ނަންބަރު ޖަހާފައި ނުހުންނާނެއެވެ.
ނަންބަރު ޖަހާފައިވާ ރުއްގަސް ހުރި ސަރަޙައްދަކީ އަކީ ދަނޑު މަގުގެ އިރުމަތިން ދޫކޮށްފައިވާ ގޯތި ތަކުގެ ފުރަގަސް ސޯސަންމަގާއި އޯކިޑްމަގާއި ދެމެދު ވަލުތެރޭ ސަރަޙައްދެވެ. މިސަރަޙައްދުގެ އަތިރިމަތީ ކޮޅުގައި ހުރި ކަނޑު ބުޑުލީ ރުއްގަނޑު ގައި ނަންބަރެއް ޖަހާފައި ނުހުންނާނެއެވެ.
- މި ބިންތައް އޮންނަ ސަރަޙައްދުގެ ޗާޓް މިއިޢްލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ. އެއްވެސް އޮޅުމެއް ވާނަމަ އެކަން ސާފުކުރެއްވުން އެދެމެވެ.
- މަޢްލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:
- ކައުންސިލްގެ ރައީސް މުޙައްމަދު މުޞްޠަފާ 7367109
- ކައުންސިލްގެ މެންބަރ މުޙައްމަދު ޝާހީން 7775791
- އ.ޕްލޭނިންގ އޮފިސަރ ޔޫސުފް ރަޝީދު 7850736
ވީމާ، މިރުއްތަކާއި ގަސްތަކުގެ ވެރިން އެ ރުއްގަހުގައި ޖަހާފައިވާ ނަންބަރާއި މިލްކު ސާބިތުކުރިކުރި ފަތުގެ އަޞްލާއިއެކު 22 ޖުލައި 2020 ދުވަހުގެ 1:30 ގެ ކުރިން ހުށަހެޅުމަށް ދަންނަވަމެވެ. އަދި ކަނޑުބުޑުލީ ރުއްގަނޑުގެ ވެރިންވެސް މިލްކް ސާބިތުކުރި ފަތް ނުވަތަ ރުއް އިންދުމަށް ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ.