ދިވެހިރާއްޖެ
ކެޔޮދޫ ސްކޫލް |
|
ވ. ކެޔޮދޫ، |
|
ދިވެހިރާއްޖެ. |
އިޢުލާން ނަންބަރ: GS70/IUL/2020/06
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ރައްކާތެރި ކޮޓަރައިއެއް އިމާރާތް ކުރުން
- މި ސްކޫލްގައި ރައްކާތެރި ކޮޓަރިއެއް އިމާރާތް ކޮށްދިނުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން: GS70/IUL/2020/04 ( 18 ފެބްރުއަރީ 2020 ) އާ ގުޅިގެން އެކަށީގެންވާ ބީލަމެއް ހުށަހަޅާފައިނުވާތީ އެ އިއުލާން ބާޠިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 19 ޖުލައި 2020 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00- 14:00 ދެމެދު ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 ޖުލައި 2020 ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މި މަސައްކަތާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ޖުލައި 21 ވާ އަންގާރަ ދުވަހުގެ 10:00 ގައި މި ސްކޫލްގައެވެ.
ބިޑް ހުށަހެޅުމާއި ބިޑު ހުޅުވުން އޮންނާނީ 23 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި ކެޔޮދޫ ސްކޫލްގައެވެ.
މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކެޔޮދޫ ސްކޫލް
ވ. ކެޔޮދޫ، ދިވެހިރާއްޖެ.
ފޯން: 6700804 ، 7476523 ، 7468184
އީ-މެއިލް: [email protected]