އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެތުލެޓިކްސް އެސޯސިއޭޝަންގެ އިންތިޚާބް

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވާތީ، އެތުލެޓިކްސް އެސޯސިއޭޝަންގެ އަސާސީ ގަވާޢިދުގެ 15.8ވަނަ މާއްދާގައި ވާ ގޮތުގެ މަތިން، އެތުލެޓިކްސް އެސޯސިއޭޝަންގެ އިންތިޚާބް، 29 ޖުލައި 2020ވަނަ ދުވަހު ބާއްވާ އެސޯސިއޭޝަންގެ އަހަރީ ޢާއްމު ޖަލްސާގައި ކުރިޔަށް ގެންދަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ވަނީ ނިންމާފައެވެ.

 މި ގޮތުން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް އިންތިޚާބް ކުރާ މަގާމުތަކަކީ

    • ރައީސް
    • ނާއިބް ރައީސް
    • ޚަޒާންދާރު
    • ހިންގާ ކޮމިޓީގެ އިތުރު 3 މެމްބަރުން
    • ހިންގާ ކޮމިޓީގެ އަންހެން މެމްބަރ

 ވީމާ، އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިއުލާނާއެކު އެޓޭޗް ކުރެވިފައިވާ "އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު 21 ޖުލައި 2020ވަނަ ދުވަހުގެ މެންރުރު 12.00ގެ ކުރިން އެސޯސިއޭޝަންގެ އީމެއިލް [email protected] އަށް ނުވަތަ ވައިބަރ ނަމްބަރ 7893838 އަށް ފޮނުވައި ދިނުން އެދެމެވެ.

14 ޖުލައި 2020
ހޯދާ