އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ލޯގޯ ޑިޒައިން ކުރުމުގެ މުބާރާތަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ބާތިލްކުރުން
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ލޯގޯ ޑިޒައިން ކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލުމުގެ ގޮތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ނަމްބަރ (IUL)S2-HRH-ARH/1/2020/1 (09 ޖަނަވަރީ 2020) ޢިއުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ ލޯގޯތަކުގެ ތެރޭގައި ހޮސްޕިޓަލްގެ ލޯގޯގެ ގޮތުގައި ބޭނުންކުރުމަށް އެކަށީގެންވާ ފެންވަރުގެ ލޯގޯއެއް، އެއްވެސް ކެނޑިޑޭޓަކު ހުށަހަޅުއްވާފައި ނުވާތީ އެޢިއުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ ހުރިހާ ހުށަހެޅުންތައް ބާތިލްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. އަދި ހަމައެއާއި އެކު މިމުބާރާތުގައި ބައިވެރިވުމަށް ކެނޑިޑޭޓުން ހުށަހަޅުއްވާފައިވާ ލޯގޯއާއި އެއާއި ގުޅޭ އެހެނިހެން ޑޮކިއުމަންޓް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިހޮސްޕިޓަލަށް ވަޑައިގަތުމުން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާ ވާހަކަ ދެންނެވީމެވެ.
14 ޖުލައި 2020
ހޯދާ