ދިވެހިރާއްޖެ
ނަންބަރު:IUMH-AD/I/2020/33
ތާރީޚު: 14 ޖުލައި 2020
އައި.ޔޫ.އެމް ކެންޓީނަށް ބޭނުންވާ ލުއިކާނާ އަދި ޑްރިންކްސްފަދަ ތައްޔާރީތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކުރުން
އައި.ޔޫ.އެމްގެ ދަރިވަރުންނަށާ ސްޓާފުންނަށް ހިންގާ ކެންޓީނަށް ދުވަހުން ދުވަހުން ބޭނުންވާ ޑްރިންކްސް އަދި ލުއިކާނާ ފަދަ ތައްޔާރީތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ސަޕްލައިކޮށްދޭނެ ބާވަތްތަކާއި، އެބާވަތްތަކުގެ އަގުތައް ސާފުކޮށް އެނގޭނެ ލިސްޓެއް އެކުލަވާލެއްވުމަށްފަހު ސިޓީއަކުން އައި.ޔޫ.އެމް ހޯލްޑިންގްސްގެ މެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާއިރު ބިޒްނަސް ރެޖިސްޓްރޭޝަން ސެޓްފިކެޓް ނުވަތަ ކޮމްޕެނީ ރެޖިސްޓްރޭޝަން ސެޓްފިކެޓް އަދި ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅަންވާނެއެވެ. މަސައްކަތްދޭ ފަރާތެއް ހޮވުމުގައި ބެލޭނީ ހުށަހަޅާފައިވާ އަގަށާއި ސަޕްލައިކޮށްދޭ މިންވަރަށެވެ.
އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި މެންދުރު 14:00 އާއި ދެމެދު 3022161 އަށް ގުޅުއްވުން އެދެމެވެ.