ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ހުއްދަ ނުހޯއްދަވާ އިންދަވާފައިވާ ރުއްގަސް ނަންގަވަން އެންގުން

ޤާނޫނު ނަމްބަރު: 21/98 (22.7.1998) "މީހުން އުޅޭ ރަށްރަށުގެ ރުއްގަހާ ބެހޭ ޤާނޫނު" ގެ 2 ވަނަ މާއްދާގައިވާ ގޮތުން މީހުން އުޅޭ ރަށްރަށުގައި ދިރިއުޅުމަށް ދޫކުރާ ގޯތި ގޯއްޗާއި ވަގުފު ބިންތަކާއި އެކިއެކި ބޭނުމަށް އެކިފަރާތްތަކާއި ޙަވާލުކޮށްފައިވާ ބިންތައް ނޫން އެހެން ތަންތަނުގައި ރުއްގަސް އިންދަވަންވާނީ ރަށު ކައުންސިލްގެ ހުއްދަ ލިބިގެން ރަށު ކައުންސިލުން ދައްކާ ތަނެއްގައެވެ. ނަމަވެސް މި ޤާނޫނާއި ޚިލާފަށް، ރަށުގެ އެކި ސަރަޙައްދުތަކުގައި މި ކައުންސިލްގެ ހުއްދަ ނުހޯއްދަވައި ރުއްގަސް އިންދަވަމުން އެބަގެންދަވައެވެ.

ވީމާ، ރަށުގެ އެކި ސަރަޙައްދުތަކުގައި މި ކައުންސިލްގެ ހުއްދަ ނުހޯއްދަވައި ޤާނޫނާއި ޚިލާފަށް އެކި ބޭފުޅުން އިންދަވާފައިވާ ރުއްގަސް 2020 އޮގަސްޓް 15 ވަނަ ދުވަހުގެކުރިން ނެންގެވުމަށް އަންގަމެވެ. އަދި މި މުއްދަތުގައި ނުނަންގަވާ ހުންނަ ރުއްގަހުގެ ތެރެއިން ނައްތާލަންޖެހޭ ރުއްގަސް މިކައުންސިލުން ނައްތާލާނެ ވާހަކަ ދަންނަވަމެވެ. އަދި ނައްތާނުލައި ބަހައްޓަންޖެހޭ ރުއްގަސް ރައްޔިތުންގެ ރުއްގަހުގެ ގޮތުގައި މިކައުންސިލްގައި ރަޖިސްޓަރީކުރާނެ ވާހަކަވެސް ދަންނަވަމެވެ.    

 

23 ޛުލްޤަޢިދާ   1441

14 ޖުލައި     2020

14 ޖުލައި 2020
ހޯދާ