Maldives
އިޢުލާން
ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ
ގާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
ގެ ދަށުން ހުއްދަ ނުނަގައި އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރުމަކީ މަނާކަމެކެވެ. (ގާނޫނު ނަންބަރު 20/2019)
އެހެންނަމަވެސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން އަދި މިކައުންސިލްގެ ހުއްދަ ނުނަގައި ވިޔަފާރި ކުރަމުންދާ ދާކަމުގެ ސަކުވާ މިކައުންސިލަށް ދަނީ ލިބެމުންދެއެވެ. އެހެންކަމުން މިހާރު ގަވައިދާ ހިލާފަށް ހުއްދަ ނުނަގައި ވިޔަފާރިކުރަމުންދާ ހުރިހާ ފަރާތްތަކުން ހުއްދަނަގައިގެން ނޫން ގޮތަކަށް ވިޔަފާރި ނުކުރުމަށް ދަންނަވަމެވެ.
ގާނޫނު ނަންބަރު 18/2014 ގެ7 ވަނަ މާއްދާ - ރަޖިސްޓަރީކުރުން ލާޒިމު ވިޔަފާރިތަކުގެ މައުލޫމާތު
މި ގާނޫނުގެ ބޭނުމަށްޓަކައި ''ވިޔަފާރި'' ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން ނުހިމެނޭ ގޮތުން ހިންގާ، އަންނަނިވި ބާވަތުގެ ކަންކަމަށެވެ.
(ހ) އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ހިންގާ ނުވަތަ ކުރާ މުދާ ގަނެވިއްކުމުގެ މަސައްކަތް؛
(ށ) ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ހިންގާ އުފެއްދުންތެރިކަމުގެ މަސައްކަތް؛
(ނ) ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ފޯރުކޮށްދޭ ފަންނީ ހިދުމަތް؛
(ރ) ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ހިންގާ ހިދުމަތް ދިނުމުގެ މަސައްކަތް؛
(ބ) މާލީ ފައިދާއެއް ހޯދުމުގެ ބޭނުމުގައި ނުއުފުލޭ މުދަލާ ގުޅޭގޮތުން ހައްގުތައް ދިނުން؛
(ޅ) މާލީ ފައިދާއެއް ހޯދުމުގެ ބޭނުމުގައި ހިންގާ އެނޫންވެސް ހަރަކާތްތައް.
ވީމާ، މަތީގައި ދެންނެވިފައިވާ ފަދަ އާންމުދަނީއެއް ހުއްދަ ނުނަގާ ކުރަމުންދާނަމަ ވީއެންމެ އަަވަހަކަށް ވިޔަފާރި ހުއްދަ ނެންގެވުން އެދެމެވެ. އަދި އެނޫން ގޮތަށް އަމަލުކުރަމުން ދާ ފަރާތްތަކާއި މެދު ޤާނޫގައިވާ ގޮތުގެ މަތީން އެފަރާތަކާއިމެދު އަމަލުކުރެވޭނެ ކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.
22 ޛުލްގައިދާ 1441
13 ޖުލައި 2020