ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޔުނިވަރސިޓީގެ އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާނު (އެންޓްރެންސް އެގްޒޭމް) ބޭއްވުމާ ބެހޭ

ައުމީ ޔުނިވަރސިޓީގެ ބައެއް ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކުގެ ތެރެއިން އިނގިރޭސިބަހުގެ ފާސް ނެތް ފަރާތްތަކަށް ވެސް ކޯހަށް ވަނުމުގެ ފުރުޞަތު ދިނުމުގެ ގޮތުން، އެފަދަ ފަރާތްތަކަށް އަމާޒުކޮށްގެން އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާނެއް މިސެންޓަރުން ދަނީބާއްވަމުންނެވެ. މިގޮތުން2020  ވަނަ އަހަރުގެ ދެވަނަ ޓާރމް  ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކަށް ބާއްވާ އިމްތިޙާން 22 ޖުލައި 2020ވާ ބުދަ ދުވަހުގެ ހެނދުނު 9:00 ގައި އޮންނާނެއެވެ. މާލޭގައި މި އިމްތިޙާން ބޭއްވުމަށް ހަމަޖެހިފައިވަނީ ޤައުމީ ޔުނިވަރސިޓީ އިދާރީ މަރުކަޒުގެ 4 ވަނަ ފަންގިފިލާގެ  A4-14ކްލާސްރޫމްގައެވެ. ކެމްޕަސްތަކުގައި ނަމަ އެގްޒާމްހެދުމަށް ހަމަޖެހިފައިވަނީ އެ ކެމްޕަހެއްގައެވެ. މި އިމްތިޙާންގައި ބައިވެރިވާ ކެނޑިޑޭޓުން އިމްތިޙާން ފެށުމުގެ 30 މިނެޓް ކުރިން އިމްތިޙާން އޮންނަ ހޯލަށް ހާޒިރުވާންވާނެއެވެ.

ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކުގެ އިނގިރޭސިބަހުގެ ޝަރުޠު ހަމަނުވިކަމުގައިވީ ނަމަވެސް އެހެން ޝަރުޠުތައް ހަމަވާނަމަ އެފަރާތްތަކުގެ ފޯމު ބަލައިގަންނާނެއެވެ. ނަމަވެސް ޖާގަ މުޅިން ކަށަވަރުވާނީ އިނގިރޭސި އިމްތިޙާނު ހެދުމަށްފަހު، އެ އިމްތިޙާނުގެ ނަތީޖާ ހުށަހެޅުމުންނެވެ. ވީމާ، ކޯހަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިނގިރޭސިބަހުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.

އިމްތިޙާނުގައި ބައިވެރިވުމަށް ޢަމަލުކުރަންޖެހޭގޮތް:

  •  އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާން (އެންޓްރެންސް އެގްޒޭމް) ގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އިމްތިޙާނުގެ ފީއަށްވާ -/500 ރުފިޔާ (ފަސްސަތޭކަރުފިޔާ) އޮންލައިންކޮށްދެއްކުމަށްފަހު، 19 ޖުލައި 2020 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ކުރިން އޮންލައިން ފޯމް ހުށެއެޅުއްވުން އެދެމެވެ.އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ އޮންލައިންފޯމާއެކު އައިޑީ ކާޑުގެ ކޮޕީއާއި ފީދެއްކިކަމުގެ ރަސީދު ކޮޕީ ހުށަހަޅަންވާނެއެވެ.
  •    އޮންލައިން ފޯމް އެމް.އެން.ޔޫ ވެބްސައިޓް: https://mnu.edu.mv/entrance-exam/ އިން އޮންލައިންއެޕްލިކޭޝަން ފޯމް ލިބިވަޑައިގަންނަވާނެވެ.
  • އޮންލައިންކޮށް ފައިސާދެއްކުމަށް ހަމަޖެހިފައިވާ ބޭންކް ޓްރާންފާއިންނެވެ.
  • އެކައުންޓް ނަންބަރު      7701101374001
  • އެކައުންޓްގެ ނަން        The Maldives National University
  • ބޭންކް                 Bank of Maldives

 

  • މި އިމްތިޙާންގެ ނަތީޖާ ތައްޔާރުވުމުން ދަރިވަރުންނަށް އެސް އެމް އެސް އެއް ފޮނުވޭނެއެވެ.އިތުރު މައުލޫމާތު ހޯދެއްވުމަށް 3345403/33453402  ގުޅުއްވުން އެދެމެވެ.
13 ޖުލައި 2020
ހޯދާ