ދިވެހިރާއްޖެ
އިޢުލާން
އަލަށް ދޫކުރެވިފައިވާ ގޯތިތަކާއި އިންވެގެންވާ މަގުތަކުގައި ހުރި ރުއްގަސް ގަންނާނެ ފަރާތެއް ހޯދުމާއި ގުޅޭ
މިކައުންސިލްގެ ނަމްބަރ: (IUL)249-A/249/2020/47 އިޢުލާން މައުލޫމާތު ފުރިހަމަނުވުމުގެ ސަބަބުން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ހއ. ކެލާ އިން އަލަށް ދޫކުރެވިފައިވާ 68 ގޯއްޗާއި އިންވެގެން މަގުތަކާއި ގޯޅިތަކުގައި ހުރި ރުއްގަސް ގަންނާނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފް ކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
މައުލޫމާތު ސާފުކުރުން |
20 ޖުލައި 2020 |
ހޯމަ |
13:30 |
އަގު ހުށަހެޅުން |
23 ޖުލައި 2020 |
ބުރާސްފަތި |
11:00 |
މަޢުލޫމާތު ސާފުކުރުމާއި އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި ،ޕާޓްނަރޝިޕް ،ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 ޖުލައި 13 އިން 2020 ޖުލައި 20 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް މިއިދާރާގެ ކައުންޓަރަށް ވަޑައިގަތުމުން ރަޖިސްޓްރީ ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އަގު ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
13 ޖުލައި 2020