ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި މަރާމާތު ކުރުމަށް މަގު ކޮނުމާއި ގުޅޭ

                                             ނަމްބަރ: IUL)254/254/2020/25) 

އިޢުލާން

 

މަގުބައްތި މަރާމާތު ކުރުމަށް މަގު ކޮނުމާއި ގުޅޭ

 

ރަށުގެ އެކި ސަރަހައްދު ތަކުގައި ހުރި މަގުބައްތިތައް މަރާމާތު ކުރުމަށްޓަކައި މަގުކޮނުމަށް ބޭނުންވެއެވެ. ވީމާ މިއިދާރާއިން ދައްކާ ސަރަހައްދުތަކުގެ މަގު ކޮނެދޭނެ ފަރާތްތަކުން އަންދާސީ ހިސާބު ހުށައަޅާ ފޯމު ދޫކުރުމާއި މަޢުލޫމާތު ސާފުކޮށް ދިނުމުގެ ޕްރީބިޑް ބައްދަލުވުން 20 ޖުލައި 2020 ވާ ހޯމަ ދުވަހުގެ 11:00 ގައި މިކައުންސިލް އިދާރާގައި އޮންނާނެއެވެ.

އަންދާސީ ހިސާބު ހުށައަޅާ ފަރާތް ތަކުން ފޯމް ސިޓީ އުރާގައި ބަންދު ކުރެއްވުމަށްފަހު 23 ޖުލައި 2020 ވާ ބްރާސްފަތި ދުވަހު 11:00  އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅާ ފަރާތް ތަކުގެ ފޯމް ކެނޑުން ހުށައަޅާ ފަރާތް ތަކުގެ ޙާޟިރުގައި އޮންނާނެވެ.

މަސައްކަތް ކުރަންއެދޭ ފަރާތުން ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާ ފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑް ނަންބަރު ޖައްސަވާ  ސިޓީ އާއި އެކު އައިޑީ ކާޑް ހިއްޕަވައިގެން ޙާޟިރުވުމަށް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު  ބަލައެއް ނުގަނެވޭނެއެވެ.

13 ޖުލައި 2020
ހޯދާ