ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ބޭނުންވާ އިލެކްޓްރޯނިކް ތަކެތި ހޯދުމާއި ގުޅޭ
ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި ހޯދުމަށް ބޭނުންވާތީ، އެކަމަށް ޝައުޤުވެރިކަންހުރި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
އަދަދު |
ބާވަތް |
09 |
ލެޕްޓޮޕް |
1 |
މަލްޓިފަންކްޝަން ޕްރިންޓަރ |
1 |
ސްކޭނަރ |
ވީމާ، މިތަކެތި ސަޕްލައިކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 ޖުލައި 2020 ގެ 11:00 ގެ ކުރިން ބާ ކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިމަސައްކަތާބެހޭ އިތުރު ތަފްޞީލާއި މި މަސައްކަތް ކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމު މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުން އެދެމެވެ.
ނޯޓް: ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ އެވެ. އަދި މި ތަކެއްޗައް އަގު ހުށަހަޅުއްވާއިރު މަޢުލޫމާތު ޝީޓުގައިވާ މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތައް ބާޠިލް ކުރެވޭނެވާހަކަވެސް ދެންނެވީމެވެ.
18 ޛުލްޤަޢިދާ 1441