އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު

ޢިއުލާން

އަންދާސީ ހިސާބް ބޭނުންވެއްޖެ

 

                        މިސްކޫލުގެ ސެކިއުރިޓީ ބެހެއްޓުމަށް ކުރެވުނު ނަންބަރު: GS210/2020/12 (25 ޖޫން 2020) ޢިއުލާނާއި ގުޅިގެން، އެކަށީގެންވާ އަދަދަށް ފޯމު ހުށައަޅުއްވާފައި ނުވާތީވެ، އެޢިއުލާން ބާތިލްކޮށް އަލުން ޢިއުލާން ކުރަމެވެ.

              ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 20 ޖުލައި 2020 ވާ ހޯމަ ދުވަހު 11:00 އަށް ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                  އިތުރުމައުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ ނަންބަރު 6580262 އަށް ގުޅުއްވުންއެދެމެވެ. 

 

                    09 ޖުލައި 2020     

09 ޖުލައި 2020
ހޯދާ