މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ

ނަންބަރު: (IUL)471-CDS1/471/2020/19

ޢާންމު އިޢުލާނު

      މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު: (IUL)471/1/2020/120 (5 ޖުލައި 2020)  ޢިއުލާނުގެ ދަށުން ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ނުވަތަ ފްލެޓް ލިބޭނެކަމަށް ސަރުކާރުން ލިޔުން ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހިތިބި ހުރިހާ ފަރާތްތަކަށް ޙައްލެއް ހޯދާދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާތީ، މި މަސައްކަތް ކުރުމަށްޓަކައި މިފަދަ ފަރާތްތަކުގެ ފުރިހަމަ މަޢުލޫމާތު ބޭނުންވާތީ ވެށި ފަހިމާލެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް، ބޯހިޔާވަހިކަން ހަމަނުޖެހިތިބި ފަރާތްތަކުގެތެރެއިން އަންނަނިވި ފަރާތްތަކުން މި މިނިސްޓްރީއަށް އެކަން ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. 

  • ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ޢަރަބިއްޔާ އަދި ގައުކޮށިން ފްލެޓް ދޭނެ ކަމަށް ސަރުކާރުން ލިޔުން ދިނުމަށްފަހު ފްލެޓް ހަވާލުނުކުރެވިވާ ފަރާތްތައް
  • މާލޭގެ ބިން ކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ބިން ދޭނެ ކަމަށްބުނެ ސަރުކާރުން ލިޔުންދީ ބިން ހަވާލުނުކުރެވިވާ ފަރާތްތައް އިސްވެ ދެންނެވި ގޮތުގެ މަތިން ހުށަހަޅާ ހުށަހެޅުމާއެކު، އަންނަނިވި ލިޔެކިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

     ވެށި ފަހި މާލެ ޕްރޮގްރާމުގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ނުވަތަ ގައުކޮށި ޢަރަބިއްޔާއިން  ފްލެޓް ލިބޭނެ ކަމަށް އެންގި ލިޔުން

  1. ވެށި ފަހި މާލެ ޕްރޮގްރާމުގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭކަން އަންގާ ލިޔުން
  2. ދިވެހިރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
  3. ދޫކޮށްލުމަށް އެއްބަސްވީ ގޭގެ ރަޖިސްޓްރީގެ ކޮޕީ 

    ވީމާ، އިސްވެ ދެންނެވުނު ލިޔެކިއުންތައް ހުށަހެޅުމަށްޓަކައި މި މިނިސްޓްރީއިން ކޮށްފައިވާ އިޢުލާނުގެ މުއްދަތު 23 ޖުލައި 2020 ވަނަ ދުވަހުގެ  13:00 އަށް އިތުރުކުރުމަށް ނިންމައި، މިކަން އާޢްމުކޮށް އަންގައި ޢިޢުލާނުކުރަމެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ތިރީގައި ދަންނަވާފައިވާ ފޯނު ނަންބަރަށް ގުޅުއްވުން އެދެމެވެ.

 ފޯނު ނަންބަރު: 4004700 / 3004300                    

09 ޖުލައި 2020 

09 ޖުލައި 2020
ހޯދާ