ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
އިންޖީނުގެއަޅާ ސަރަހައްދު ރުއްގަހުގެ ވެރިން ހޯދުމަށް

މި ކައުންސިލްގެ ނަންބަރު:(IUL)456-CA/456/2020/35  (07 ޖޫން 2020)  އާއި ގުޅިގެން ގިނަފަރާތްތަކަކުން ލިސްޓް ހުށަހަޅާފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.

މި ރަށު ދެކުނުކޮޅު ބޮޑުމަގުގެ ހުޅަނގު ފަރާތުން އިންޖީނުގެ އަޅާ ސަރަހައްދުގެ ރުއްގަހުގައި މި ކައުންސިލުންވާނީ ނޫކުލައިގެ ދަވާދުން ނަންބަރު ޖަހާފައެވެ.

           ވުމާއެކު 19 ޖުލައި 2020 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ރުއްގަހުގެ ތަފްސީލް ހުށަހަޅާ ފޯމް މި ކައުންސިލަށް ހުށަހެޅުމަށް ދެންނެވީމެވެ. އަދި މި މުއްދަތުގައި ފޯމް ހުށަނާޅާ ފަރާތްތަކަށް ފަހުން ރުއްގަހުގެ ބަދަލު ލިބޭނީ ކޯޓުން އެފަރާތެއްގެ މިލްކެއްކަން ސާބިތުކޮށްދޭ ލިޔުން މި އިދާރާއަށް ހުށަހެޅުމުންނެވެ.

         އަދި ދަންނަވަން، ރުއްގަހުގެ ތަފްސީލް ހުށަހަޅާ ފޯމް މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެ ވާހަކަ ދަންނަވަމެވެ.

 ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

08 ޖުލައި 2020
ހޯދާ