ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫކައުންސިލްގެ އިދާރާ Secretariat of the Holhudhoo Council
ހޮޅުދޫ - ދިވެހިރާއްޖެ Holhudhoo – Rep of Maldives
ނަމްބަރ: IUL)295-B/2020/28)
އިޢުލާން
މިއިދާރާގެ ސެކިއުރިޓީ 01 އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ޖުލައި 2020 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 16 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
މިމަސައްކަތަށްއެދި ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
08 ޖުލައި 2020