އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ފައިނޭންސް އެގްޒެކެޓިވް

ވަޒީފާގެ ފުރުސަތު

ނަންބަރު:IUMH-AD/I/2020/30

 މަޤާމު:

ފައިނޭންސް އެގްޒެކެޓިވް

ބޭނުންވާ ޢަދަދު 1

އަސާސީ މުސާރަ:

މަހަކު 10،000.00 ރުފިޔާ

އެލަވަންސް:

  1. ސާރވިސް އެލަވަންސް: މަހަކު 3,480.00 ރުފިޔާ
  2. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް 135.00 ރުފިޔާ
  3. ޕްރޮފެޝަނަލް އެލަވަންސް: މަހަކު 4,000.00 ރުފިޔާ
  4. ފޯން އެލަވަންސް: މަހަކު 300.00 ރުފިޔާ
  5. އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ އެލަވަންސް ލިބޭނެ.

ރޭންކް

SM

މަޤާމުގެ ޝަރްޠުތައް:

  • އެކައުންޓިންގ / ފައިނޭންސްގެ ދާއިރާއަކުން ލެވެލް 8/7 ގެ ސަނަދެއް ހާސިލްކުރުމަށްފަހު، 4 އަހަރު ދުވަހުގެ ތަޖުރިބާ ސީނިއަރ ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ހާސިލްކޮށްފައިވުން.

ނުވަތަ

  • އެކައުންޓިންގ / ފައިނޭންސްގެ ދާއިރާއަކުން ލެވެލް 9 ގެ ޕޯސްޓް ގްރެޖުއޭޓް ސަނަދެއް ހާސިލްކުރުމަށްފަހު، މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ސީނިއަރ ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުނީގެ ހިސާބުތައް ބެލެހެއްޓުމާއި، ރިޕޯޓްތައް ތައްޔާރުކުރުމާއި އަދި ބަޖެޓް ތައްޔާރުކުރުން.
  • ކުންފުނީގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ބޯޑަށް  ބޭނުންވާ ހިސާބުތައް ތައްޔާރުކުރުން.
  • ކުންފުނިން ހިންގާ އެންމެހާ ޕްރޮގްރާމްތަކުގެ ހިސާބުތަކާއި ޚަރަދުތައް ބެލެހެއްޓުން.
  • ކުންފުނީގެ ފައިނޭންސް ޑިޕާރޓްމަންޓް ދުވަހުން ދުވަހަށް ހިންގުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާޙައުލެއް ގާއިމްކޮށްދިނުން.
  • ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ. އަދި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)
  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓާ)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން އީމެއިލް ކުރައްވާނީ [email protected] އަށެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 ޖުލައި 2020 ވަނަ ދުވަހުގެ 14:00 އެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން ހެނދުނު 08:00 އާއި މެންދުރު 14:00 އާއި ދެމެދު 3022161 އަށް ގުޅުއްވުން އެދެމެވެ.

 

 

08 ޖުލައި 2020
ހޯދާ