ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމާއިބެހޭ

              1440 ވަނައަހަރުގެ މުދަލުޒަކާތް ބެހުމަށްޓަކައި މުޅިރާއްޖޭގެ ފަޤީރުންގެ ދަފްތަރު ރިވިއު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރައްވަމުންދާ ކަމަށާއި، މިގޮތުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާންއެދޭ ފަރާތްތަކުން އެކަމަށްއެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު 2020 ޖުލައި 05 ން 2020 ޖުލައި 23 ވަނަދުވަހުގެ 13:00ގެ ނިޔަލަށް ހުޅުވާލެވިފައިވާކަމަށް އެމިނިސްޓްރީގެ ނަންބަރު 142-C2/CIR/2020/51 (02.07.2020) ސަރކިއުލަރ އިންވަނީ އަންގަވާފައެވެ. މިކަމަށްއެދި ހުށަހަޅަންޖެހޭ ފޯމު ޖުލައި 5 ވަނަ ދުވަހުންފެށިގެން މިއިދާރާއިން ލިބެން ހުންނާނެއެވެ. 

              ވީމާ،ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދިލައްވާފަރާތްތަކުން ފޯމު ފުރިހަމަކުރުމަށްފަހު 2020 ޖުލައި 23 ވަނަދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

              މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޖުލައި 2020
ހޯދާ