ދިވެހިރާއްޖެ
ހަނިމާދޫ ސްކޫލް
ހދ. ހަނިމާދޫ، ދިވެހިރާއްޖެ
ނަންބަރ: GS60(HR)/2020/006
އިޢުލާނު
| ވަޒީފާގެ ފުރުޞަތު | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| މަޤާމް : | ޓީޗަރ (އެކައުންޓް) | ||||||||||||||||||||||||||||||||||||||||||||||||||||||||||||||
| މަޤާމުގެ ނަންބަރު: | J-262806 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ބޭނުންވާ ޢަދަދު : | 01 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||
| މަޤާމުގެ ގިންތި: | ދާއިމީ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||
| މަޤާމުގެ ރޭންކް: | ސީއެސް 11-2 ން ސީ އެސް 15-5 އާ ދެމެދު | ||||||||||||||||||||||||||||||||||||||||||||||||||||||||||||||
| މަޤާމުގެ ކްލެސިފިކޭޝަން: | ސްކޫލް ޓީޗަރސް | ||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ވަޒީފާ އަދާކުރަން ޖެހޭ ތަން: | ހަނިމާދޫ ސްކޫލް، ހދ. ހަނިމާދޫ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||
| މުސާރަ: | 7070.00 އާއި 10640.00 ރުފިޔާއާ ދެމެދު | ||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ސަރވިސް އެލަވަންސް: | 2500.00 ރުފިޔާ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||
| އެހެނިހެން އެލަވަންސް: | - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް. - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. - ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. - އެޑިޔުކޭޝަން ކޮލިފިކޭޝަން އެލަވަންސް. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||
| އެޑިޔުކޭޝަން ކޮލިފިކޭޝަން އެލަވަންސް | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| މުސާރައިގެ އިންސައްތަ | ސަނަދު | ||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 30% | ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން | ||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 25% | ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އޮތުން. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 20% | ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް އޮތުން. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 15% | ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް އޮތުން. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||
| މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު ތަކާއި ވާޖިބުތައް | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1- ޙަވާލުކުރެވިފައިވާ މާއްދާ ނުވަތަ މާއްދާތައް މުޤައްރަރުގައިވާ މިންވަރަށް ދަރިވަރުންނަށް އުނގަންނައި ދިނުން. 2- ދަރިވަރުންގެ މަސައްކަތްތައް ރެގިއުލަރކޮށް، ޗެކްކުރުމާއި ބިނާކުރަނިވި ފީޑްބެކް ދިނުން. 3- ދަރިވަރުންނަށް ޙާޞިލްވަމުންދާ މިންވަރު ޗެކްކުރުމާއި، ރިކޯޑްކުރުމާއި، އެމަޢުލޫމާތުތައް ޙިއްސާކުރަންޖެހޭ ފަރާތްތަކާ ޙިއްސާކުރުން. 4- ކިޔަވައިދިނުމާއި ގުޅޭގޮތުން ސްޕަވައިޒަރާ ޙަވާލުކުރަންޖެހޭ އެންމެހައިތަކެތި (ސްކީމްއޮފް ވާރކް، ލެސަންޕްލޭން، މާކްޝީޓް ފަދަ) ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ޙަވާލުކުރުން. 5- އިސްލާމު ދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ޤާވާޢިދުތަކާއި ސްކޫލް ކުދިންގެ ޤަވާޢިދުތަކާއި ސްކޫލްގެ ޤަވާޢިދުތަކަށް ދަރިވަރުން އަހުލުވެރިކުރުމާއި ރީތި އާދަތައް ދަރިވަރުންގެ ކިބާގައި ހަރުވެލެއްވުމަށް މަސައްކަތްކުރުން. 6- ހަވާލުކުރެވޭ ޓައިމްޓޭބަލްގައިވާ ގަޑިތަކަށާއި ރިލީފް ގަޑިތަކަށް ގަޑިއަށް ޙާޟިރުވެ ދަރިވަރުންނަށް ފައިދާހުރި ގޮތަކަށް ފިލާވަޅު ކުރިއަށް ގެންދިއުން. 7- ޙަވާލުކުރެވިފައިވާ މައްދާ ކޯޑިނޭޓްކޮށް ބެލެހެއްޓުން. 8- ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ލަސްނުކޮށް ކުރުން. 9- ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންފިޔަވައި އެހެންހުރިހާ ކުދިންނަށް ލިޔަންކިޔަން ދަސްކޮށްދިނުން. 10- ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާ ގުޅޭގޮތުން ބެލެނިވެރިންނާއި (ރެގިއުލަރކޮށް) މަޢުލޫމާތު ޙިއްސާކުރުން. 11- ފިލާވަޅުތަކާއި ގުޅޭގޮތުން ކުލާސްރޫމްގައި ޑިސްޕްލޭކުރުން. 12- ސްކޫލުން އިންތިޒާމްކުރާ ހުރިހާ ބައްދަލުވުން ތަކަށް ގަޑިއަށް ޙާޟިރުވުން. 13- ސްކޫލުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ސްކޫލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. 14- ސްކޫލްގެ ހުރިހާ ވަޞީލަތްތައް (ލައިބްރަރީ، އިންޓަރނެޓް، ސްމާޓްބޯޑު ފަދަ) ދަރިވަރުންނަށް އެންމެ ފައިދާހުރި ގޮތަކަށް ބޭނުންކުރުން. 15- ސްކޫލަކީ އެކުވެރި އެއްބައިވަންތަ ބައެއްއުޅޭ، އުފާވެރި މާޙައުލަކަށް ހެދުމަށް މަސައްކަތްކުރުން. 16- ސްކޫލުން ޙަވާލުކުރެވޭ ޒިންމާތަކާ ގުޅިގެން ޖަވާބުދާރީވުމާއި ޒިންމާދާރުވުން. 17- ސްކޫލަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ދަރިވަރުން ލައްވާ މަސައްކަތް ކުރުވުން. 18- ކުލަބް ޖަމިއްޔާތަކާއި، ޔުނިފޯމް ޙަރަކާތް އަދި ދަރިވަރުންނަށް ހިންގޭ އެހެނިހެން ހުރިހާ ޙަރަކާތެއްގައި ފުރިހަމައަށް ބައިވެރިވެ އެއްބާރުލުންދީ، އެހީތެރިވުން. 19- ދަރިވަރުންނާއި، ބެލެނިވެރިންނާއި، ސްޓާފުން އަދި ސްކޫލްގެ ސިއްރުތައް ހިފެހެއްޓުން. 20- ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ތަކުގައި ފުރިހަމައަށް ބައިވެރިވުން. މަޤާމުގެ ޝަރުޠުތައް: 
 
 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 
 
 
 
 
 15 ޒުލްޤާޢިދާ 1441 06 ޖުލައި 2020 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
 
                    