ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޭކުރެންދޫއިން ދިރުއުޅުމަށް ބަންޑާރަގޯތި ދޫކުރުމާއި ގުޅޭ

ހދ.ނޭކުރެންދޫއިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ދިރުއުޅުމަށް މިރަށުން ބަންޑާރަގޯތި ބޭނުންވާ ފަރާތްތަކަގެ މަޢުލޫތު ހޯދުމަށް ބޭނުންވާތީ ގޯތި ބޭނުންވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން 04 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ދުރުވެ ނަންނޯޓް ކުރުމަށް ދަންނަވަމެވެ.  ގޯތި ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު ސާފުކުރުމަށް ފަހު ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި ގޯއްޗަށް އެދޭފަރާތްތަކަށް ޕޮއިންޓް ދެވޭނެ ގޮތުގެ އުޞޫލް އާންމު ކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މިއިދާރާގެ ނަންބަރ 268/2013/45  ( 20 ނޮވެންބަރ 2013 ) އިޢުލާނާއި ގުޅިގެން ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުންވެސް އަލުން ނަންނޯޓް ކުރުމަށް ދަންނަވަމެވެ.

ގޯއްޗަށް އެދި ނަންނޯޓްކުރާ މީހުންގައި ހުންނަން ޖެހޭ ޝަރުޠު

1 – ދިވެހި ރައްޔިތަކު ކަމުގައި ވުން

2 – އުމުރުން 18 އަހަރު ވެފައި ވުން

3 – ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން

4 – އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަ ފޫޓަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން. ނުވަތަ ލިބިފއިވާ މިފަދަ ބައެއް ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވައިދުގައިވާ ގޮތުގެ މަތިން ދޫކޮށްލުން

5 – ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައި ވުން

6 – އެއްމެދު އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލިތާ ނުވަތަ ވިއްކިތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ވުން

           ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރަމެވެ.  

05 ޖުލައި 2020
ހޯދާ