ދިވެހިރާއްޖެ
ނަންބަރ: IUL)285-D/285/2020/36) އިޢުލާން 1441ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމާއިގުޅޭ 1440ވަނަ އަހަރުގެ މުދަލުޒަކާތް ބެހުމަށްޓަކައި ފަޤީރުންގެ ދަފްތަރު އެކުލަވާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ ނިންމަވާފައެވެ. އެހެންކަމުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު 07 ޖުލައި 2020އިން ފެށިގެން 23 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ހަމައަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރުފަހު 13:30 އަށެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ. މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓައި އިޢުލާން ކުރީމެވެ. 15 ޛުލްޤަޢިދާ 1441 06 ޖުލައި 2020
|