އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވައިލުން

(IUL)342/2020/72 ނަންބަރު:

 

އިޢުލާނު

 

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވައިލުން:

                     1440 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމަށްޓަކައި މުޅި ރާއްޖޭގެ ފަޤީރުންގެ ދަފްތަރު މުރާޖަޢާ ކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމާފައިވާތީ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވާން އެދޭ ފަރާތްތަކުން އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު 5 ޖުލައި 2020 އިން ފެށިގެން 23 ޖުލައި 2020 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.

                     މިއަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފަޤީރުންގެ ދަފްތަރު މުރާޖަޢާ ކުރުމުގެ މަސައްކަތް ކަމުގައިވާތީ މިހާރު އެކުލަވާލެވިފައިވާ ދަފްތަރުގައި ހިމެނޭ ފަރާތްތައް އަލުން ރަޖިސްޓްރީވާން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. އަދި މިހާރު އެކުލަވާލެވިފައިވާ ދަފްތަރުގައި ހިމެނޭ ފަރާތެއް ދަފްތަރުން އުނިކުރަން ބޭނުންވާނަމަ އެކަން ބަޔާންކޮށް ކައުންސިލަށް ސިޓީއެއް ހުށަހެޅުމަށް ދަންނަވަނެވެ.

                     ވީމާ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން، 5 ޖުލައި 2020 އިން ފެށިގެން 23 ޖުލައި 2020 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް މި އިދާރާގައި ކުރިއަށް ދާނެއެވެ. މި މުއްދަތުގެ ފަހުން ހުށަހަޅާ ފޯމާއި، ފޯމުގައިވާ މަޢުލޫމާތާއި ހުށަހަޅަން ޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމު ބަލައި ނުގަނެވޭނެއެވެ.

                     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                      14 ޛުލްޤައިދާ 1441

                     5 ޖުލައި 2020

05 ޖުލައި 2020
ހޯދާ