ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލުމާއި ގުޅޭ
1440 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމަށްޓަކައި ފަޤީރުންގެ ދަފްތަރު ރިވިއު ކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ނިންމާފައިވާތީ ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ، 05 ޖުލައި 2020 ން 23 ޖުލައި 2020 ވަނަ ދުވަހުގެ 13:00 އާއި ހަމައަށް ހުޅުވާލަމެވެ.
މިއަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފަޤީރުންގެ ދަފްތަރު ރިވިއު ކުރުމުގެ މަސައްކަތް ކަމުގައިވާތީ މިހާރު އެކުލަވާލެވިފައިވާ ދަފްތަރުގައި ހިމެނޭ ފަރާތްތައް އަލުން ރަޖިސްޓްރީވާން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. އަދި މިހާރު އެކުލަވާލެވިފައިވާ ދަފްތަރުގައި ހިމެނޭ ފަރާތެއް ދަފްތަރުން އުނިކުރަން ބޭނުންވާ ނަމަ އެކަށް ބަޔާންކޮށް ކައުންސިލަށް ސިޓީއެއް ހުށަހެޅުމަށް ދަންނަވަނެވެ.
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް 05 ޖުލައި 2020 އިން ފެށިގެން މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ފޯމް ދޫކުރުމާއި ބަލައިގަތުގެ މަސައްކަތް 05 ޖުލައި 2020 އިން 23 ޖުލައި 2020 ވަނަ ދުވަހުގެ 13:00 އާ ހަމައަށް މިއިދާރާގައި ކުރިޔަށްދާނެއެވެ. ފޯމު ހުށަހަޅާއިރު ފޯމުގައިވާ މައުލޫމާތާއި ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 ޛުލްޤަޢިދާ 1441
05 ޖުލައި 2020