ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސެކިއުރިޓީޒް ގަނެވިއްކުމުގެ މުޢާމަލާތުގެ ޚިދުމަތްތަކާއި އޮތޯރިޓީގެ ޢާންމު ޚިދުމަތްތައް ފޯރުކޮށްދިނުމާބެހޭ

ކޮވިޑް19 ގެ ޙާލަތު ދިމާވުމުގެ ކުރިން މި އޮތޯރިޓީން ޚިދުމަތް ފޯރުކޮށްދެމުން ދިޔަ އުޞޫލުން ހެނދުނު 8:00 ން މެންދުރުފަހު 3:00 އަށް 05 ޖުލައި 2020ން ފެށިގެން ސަރުކާރުގެ ރަސްމީ މަސައްކަތް ދުވަސްތަކުގައި މި އޮތޯރިޓީން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ލިބޭނެ ވާހަކަ ދަންނަވަމެވެ. އަދި މާރކެޓުގެ  ޚިދުމަތްތައްވެސް ކުރިން ފޯރުކޮށްދެމުން ދިޔަ އުޞޫލުން މި ތާރީޚުން  ފެށިގެން މި އޮތޯރިޓީން ލައިސަންސްދީފައިވާ ތިރީގައިއެވާ ކުންފުނިތަކުން ސެކިއުރިޓީޒް ގަނެވިއްކުމާގުޅޭ ޚިދުމަތްތައް ސަރުކާރު ބަންދުނޫން ދުވަސްތަކުގައި އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއެކޭވެސް އެއްފަދައިން ލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

އާރިޔާ ސެކިއުރިޓީޒް ޕްރައިވެޓް ލިމިޓެޑް (ޑީލިންގ ކުންފުނި)

ސްޓޮކް ބްރޯކަރސް ޕްރައިވެޓް ލިމިޓެޑް (ޑީލިންގ ކުންފުނި)

ޖެމްސް(GEMS) ބޭނުންކުރާ ފަރާތްތަކުން މިއޮތޯރިޓީއަށް ޖެމްސް މެދުވެރިކޮށް ލިޔެކިޔުންތައް ފޮނުވުމަށާއި އަދި ޢާންމު ފަރާތްތަކުން މި އޮތޯރިޓީއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ލިޔެކިޔުންތައް 

[email protected]  މި އީމެއިލް މެދުވެރިކޮށް ފޮނުއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮތޯރިޓީގެ ނަންބަރ 3336619 އަށް ގުޅުއްވުން އެދެމެވެ.

 

14 ޛުލްޤައިދާ 1441

5 ޖުލައި 2020

05 ޖުލައި 2020
ހޯދާ