ދިވެހިރާއްޖެ
ނަންބަރު: IUL)285/285/2020/35) އިޢުލާން ނ.ހެނބަދޫ އިރުމަތި ފަރާތު ޖެޓީ (ޗަންޕާ ޖެޓީ) މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ޖެޓީގެ އިރުމަތި ފަރާތުކޮޅަށް އުޅަނދުފަހަރު ކައިރިކުރުން ވަގުތީ ގޮތުން މަނާކުރުމާއި ގުޅޭ ނ.ހެނބަދޫގެ އިރުމަތި ފަރާތު ޖެޓީ (ޗަންޕާ ޖެޓީ) މަރާމާތު ކުރުމުގެ މަސައްކަތް 09 ޖުލައި 2020 ވަނަ ދުވަހުން ފެށިގެން 02 އޮގަސްޓް 2020 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، މި މަސައްކަތް ކުރުމަށްޓަކައި ޖެޓީކޮޅުގައި ދަގަނޑު ހޮޅިއާއި ލަކުޑި ފިލާ ބޭނުންކޮށްގެން އަށިއެޅުމަށް ހަމަޖެހިފައިވާތީ މި މުއްދަތުގައި ޗަންޕާ ޖެޓީ އިރުމަތިކޮޅަށް ކަނޑު އުޅަނދު ފަހަރާއި ކުދި ޑިންގީތަށް ކައިރިކުރުމަކީ ރައްކާތެރި ކަމަކަށްނުވާތީ ޗަންޕާޖެޓީގެ އިރުމަތި ކޮޅަށް އެއްވެސް ބާވަތެއްގެ ކަނޑު އުޅަނދެއް ކައިރިކުރުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 14 ޒުލްޤައިދާ 1441 05 ޖުލައި 2020
އާދަމް ސަމީރު ހެނބަދޫ ކައުންސިލްގެ ރައީސް
|