ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441 ވަނަ އަހަރު ފަޤީރުންގެ ލިސްޓް އެކުލަވާލުން

1441 ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމާއި ބެހޭ.

       1441 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް 05 ޖުލައި 2020 އިން ފެށިގެން 23 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އެފުރުސަތު ހުޅުވާލަމެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީންވާން ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުން:

     ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކަށް ފޯމުދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ: 05 ޖުލައި 2020 އިން ފެށިގެން 23 ޖުލައި 2020 އަށް ރަސްމީބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00އަށެވެ. ވީމާ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭ ފޯމް" ފުރުއްވުމަށްފަހު 23 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. އަދި މިފޯމު މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.   

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޖުލައި 2020
ހޯދާ