ދިވެހިރާއްޖެ
އެއްރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މަދުކުރުމަށާއި އެއްވެ އުޅުން މަދުކުރުމަށް މި ވަގުތަށް އެޅިދާނެ ފިޔަވަޅެއްގެ ގޮތުން ރަށުގައި ދިރިއުޅުއްވާ ފަރާތްތަކުގެ ތެރެއިން އެއްގަމު ލައިސަންސް އާކުރުމަށް ( ގެއްލިގެން، ހަލާކުވެގެން، މުއްދަތުހަމަވެގެން) ބޭނުންވާ ފަރާތްތަކުން LL-1 ފޯމު ފުރިހަމަކުރައްވާ މި އިދާރާ މެދުވެރިކޮށް، އަތޮޅުކައުންސިލުގެ އިދާރާއަށް ފޯމު ފޮނުވުމަށް އެ އިދާރާގެ ނަންބަރު 226-E/2020/88 މެސެޖުން ވަނީ ދަންނަވާފައެވެ.
ވީމާ ރަށުގައި ދިރިއުޅުއްވާ ފަރާތްތަކުގެ ތެރެއިން އެއްގަމު ލައިސަންސް އާކުރުމަށް ( ގެއްލިގެން، ހަލާކުވެގެން، މުއްދަތުހަމަވެގެން) ބޭނުންވާ ފަރާތްތަކުން LL-1 ފޯމު ފުރިހަމަކުރެއްވުމަށްފަހު 2020 ޖުލައި 08 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ފޯމު ފުރިހަމަ ކުރައްވާއިރު މޯލްޑިވްސް ޕޮލިސް ސާރވިސްއިން ފުރިހަމަކުރައްވަން ޖެހިވަޑައިގަންނަވާ ބައި ފުރހަމަ ނުކުރެއްވިޔަސް އެންމެ ރަނގަޅު ކަމުގައި ދަންނަވަމެވެ. ފޯމާއެކު ނެގިފަހުން 3 މަސް ހަމަނުވާ ޕާސްޕޯޓު ސައިޒުގެ ފޮޓޯއަކާއި، 50 ރުފިޔާގެ ރެވެނިއު ސްޓޭމްޕާއި، ކާޑަށް 350 ރުފިޔާއާއި، އައިޑީ ކާޑުގެ ކޮޕީއާއި، އެހެނިހެން އަތޮޅެއްގެ ބޭފުޅެއްނަމަ "ރަށުގެ ރައްވެއްސަކު ނޫން މީހަކު ދިރިއުޅެމުންދާ ކަމުގެ ލިޔުން" ހުށައެޅުއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ.