ދިވެހިރާއްޖެ
ފުޓްބޯޅަދަނޑު ސަރަޙައްދަށްއަރާ ރުއްގަސްނަގާ ބިންސާފުކުރުމަށާއި ފުޓްބޯޅަދަނޑުގެ ދެފަރާތުގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރ (IUL)317/2020/06 ( 17 ފެބްރުއަރީ 2020 ) އިޢުލާން އަދި (IUL)317/2020/06 ( 16 މާރޗް 2020 ) އިޢުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ ދަންނަވަމެވެ. މިއިދާރަގެ ފަރާތުންދޭ މަޢޫލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިރަށު ފުޓްބޯޅަ ދަނޑުގެ ސަރަޙައްދަށް އަރާ ރުއްގަސް ނަގައި ބިންސާފުކުރުމަށާއި ފުޓްބޯޅަ ދަނޑުގެ ދެބިތުގައި ފެންސް ޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިދެންނެވި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ތާރީޚްގައި މިއިދާރާއަށް ދުރުވެ މަޢޫލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚްގައި ، މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ދިނުން |
އަންދާސީ ހިސާބު ހުށަހެޅުން |
7 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ދޮންފަނު ކައުންސިލްގެ އިދާރާގައި |
14 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ދޮންފަނު ކައުންސިލްގެ އިދާރާގައި |
މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު، ހާޒިރުވާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް އަދި ކުންފުނި / ވިޔަފާރި / އިންވެސްޓްމެންޓްގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ގެންނަންވާނެއެވެ. ބަދަލުގައި އެހެންފަރާތްތަކުން ވަޑައިގަންނަވާނަމަ ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. މީގެ އިތުރުން ކުންފުނި / ވިޔަފާރި އިންވެސްޓް މެންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ފޮޓޯކޮޕީ ، އަދި ކުންފުނީގެ ބޯޑްމެންބަރެއްކަން ނުވަތަ އަންދާސީ ހިސާބު ހުށަހެޅުމަށް ކުންފުނިން ހުއްދަ ދީފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުން ހުށަހަޅަންވާނެއެވެ. ފޯނުގެ ޒަރިއްޔާއިން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. މަތީގައި ބަޔާން ކުރެވިފައިވާ ލިޔެކިއުންނެތި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިންގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމުގަޔާއި އަންދާސީ ހިސާބު ހުށަހަޅާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގެންނެވޭނެ ވާހަކަ ވެސް މިފުރުސަތުގައި ދެންނެވީމެވެ.
މަތީގައި ދެންނެވިފައިވާ އެއްވެސް ލިޔުމެއް ނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލއި ނުގަނެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބާއި ، އީމެއިލްއާއި ފެކްސް މެދުވެރިކޮށް މިއިދާރާއަށް ފޮނުވާ އަންދާސީ ހިސާބުތަކާއި ، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިނުވާ ފަރާތްތަކުގެ އަންދާސީބުތަކުގެ އިތުރުން މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ވެސް ބަލައި ނުގަނެވޭނެއެވެ.
މިބީލަމުގައި ބައިވެރިވެވޭނީ :
1. ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.
2. ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނާރޝިޕްތައް.
3. ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
4. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
10 ޒުލްޤައިދާ 1441
01 ޖުލައި 2020