ދިވެހިރާއްޖެ
ނަންބަރ:285/285/2020/34(IUL) ޢިޢުލާން ރަށުގެ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ނ.ކަފަކޮމަންޑޫއިން ދަނޑުވެރިކަން ކުރުމަށް ބިންދޫކުރުމާއި ގުޅޭ ކޮވިޑް-19 އިން ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ނ. ކަފަކޮމަންޑޫގައި ދަނޑުވެރިކަން ކުރުމުގެ މަސައްކަތަށް ފުރުސަތު ހުޅުވާލުމަށް ވަނީ ރޭވިފައެވެ. މިގޮތުން، ހެނބަދޫ ކައުންސިލްގެ ފަރާތުން ރަށުގެ ކޮންމެ ގޭބިސީއަކަށް ނ. ކަފަކޮމަންޑޫ އިން ދަނޑުވެރިކަން ކުރުމަށް ބިންދޫކުރުމަށް ވަނީ ނިންމާފައެވެ. ވީމާ، ނ.ކަފަކޮމަންޑޫއިން ދަނޑުވެރިކަން ކުރުމަށް ބިން ބޭނުންވާ ގޭބިސީތަކުން 15 ޖުލައި 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ދަނޑުވެރިންގެ ގޮތުގައި މި ކައުންސިލްގައި ނަންނޯޓްކުރެއްވުން އެދެމެވެ. މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 11 ޒުލްޤައިދާ 1441 02 ޖުލައި 2020 |