ދިވެހިރާއްޖެ
މިސުކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ!
މި ސްކޫލުގެ GS84/IUL/2020/06 (27 ފެބްރުއަރީ 2020) ނަންބަރު އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައަޅާފައިވަނީ އެއްމެ ފަރާތަކުން ކަމުގައިވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން 3 ވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ. މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށްޓަކައި މަދުވެގެން 01 ކޮޓަރީގެ ގެއެއް (އެޓޭޗް ފާޚާނާއާއެކު) ބަދިގެ އަދި ކާގެއާއިއެކު (ކައްކައި ކެއުމަށް ބޭނުންކުރާ ސާމާނާއެކު) ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ސުކޫލަށް ހާޟިރުވެ މައުލޫމާތު ސާފުކޮށް، އަންދާސީ ހިސާބު ހުށައެޅުންއެދެމެވެ.
ތަން |
ގަޑި |
ތާރީޚް |
ތަފްސީލް |
މޮޅަދޫ ސުކޫލް |
13:00 މެންދުރުފަހު |
05 ޖުލައި 2020 (އާދީއްތަ) |
މަޢުލޫމާތު ސާފުކުރުން |
13:00 މެންދުރުފަހު |
08 ޖުލައި 2020 (ބުދަ) |
އަންދާސީ ހިސާބު ހުށައެޅުން |
މަޢުލޫމާތު ސާފުކުރުމަށް ހާޟިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ހާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ މިސުކޫލްގެ ފޯން ނަންބަރ 6500561 ކަށެވެ.
10 ޛުލްޤަޢިދާ 1441