ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

އިޢުލާން

 

ފެނަކަ ކޯޕަރޭޝަން ވައިކަރަދޫ ބްރާންޗްގެ އޮފީސް ޢިމާރާތް ހެދުމަށް މިރަށުގެ ހިލާލީ މަގުގެ އުތުރުކޮޅުން، އިރުމަތިފަޅިން އިޖްތިމާޢީ މަރުކަޒުގެ އުތުރުން އޮތް ބިމުގައި، މިއިދާރާއިން ރީނދޫކުލައިން ނަންބަރުޖަހާފައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ކުރެވުނު ނަންބަރު: IUL) 269/269/2020/34) އިޢުލާނާ ގުޅިގެން ސިޓީ ހުށަހަޅާފައިވާ ފަރާތައް މަދުކަމަށް ފެންނާތީވެ،އިތުރަށް ރުއްގަހުގެ ވެރިފަރާތައް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި ރުއްގަހުގެ ވެރިފަރާތްތަކުން، މި އިދާރާއިން ޖަހާފައިވާ ނަންބަރާއި، ވެރިފަރާތުގެ ނަމާއި އެޑްރެސް އަދި ރުއްގަހުގެ ފެންވަރު (ފޯދުނު، ނުފޯދޭ، މޮޅު، ދެރަ، ބޮޑު، ކުޑަ) ބަޔާންކުރައްވާ، 2020 ޖުލައި 08 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިތާރީޚުގެ ކުރިން ހުށަނާޅުއްވައިފިނަމަ އެއީ ރައްޔިތު ތަކެތި ކަމުގައި ބަލާ ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ޖޫން 2020
ހޯދާ