ދިވެހިރާއްޖެ
މި އިދާރާއިން ދޭ މައުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިކައުންސިލުން މިރަށުގައި އިމާރާތްކުރާ ހިނަވާގޭގައި ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 02 މާރޗް 2020 ގައި ކުރެވުނު މިކައުންސިލުގެ ނަންބަރު (IUL)456-ECMS/456/2020/21 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް އެކަށީގެންވާ އަގަށްވުރެ ބޮޑު ކަމަށްވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކަށް މި އިދާރާއަށް ހާޟިރުވެ ބީލަން ފޮތް ބައްލަވައިގަތުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ފޮތެއްގެ އަގަކީ -/200ރ (ދުއިސައްތަ ރުފިޔާ / - ) އެވެ.
# |
ތަފްޞީލް |
ތަން |
ތާރީޚް |
ގަޑި |
1 |
ބީލަމަށް ރަޖިސްޓްރީ ކުރުން |
ލ. ކަލައިދޫ ކައުންސިލް އިދާރާ |
06 ޖުލައި 2020 އިން 09 ޖުލައި 2020 އަށް |
9:00 12:00 |
2 |
ޕްރީ ބިޑް މީޓިންގ |
ލ. ކަލައިދޫ ކައުންސިލް އިދާރާ |
13 ޖުލައި 2020 (ހޯމަ) |
13:00 |
3 |
ބީލަން ހުށަހެޅުން |
ލ. ކަލައިދޫ ކައުންސިލް އިދާރާ |
16 ޖުލައި 2020 (ބްރާސްފަތި) |
13:00 |
އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދޭގަޑިގައި މަޢުލޫމާތު ނެގޭނީ ހާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ 6800730 ފޯނާ ގުޅުއްވުން އެދެމެވެ.