ދިވެހިރާއްޖެ
އިޢުލާން
ދައުލަތުގެ މުދާ އެއްއޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަންކިޔުމާއި، ނައްތާލުމާއި ގުޅޭ އުޞޫލުގެ 2 ވަނަ ނަންބަރުގެ (ހ) ގައިވާ ގޮތުގެ މަތިން ސަރުކާރުގެ އެއްވެސް އިދާރާއަކުން މިތަކެތި ބޭނުންވޭތޯ ބެލުމަށް ކުރެވުނު މިކޯޓުގެ ނަންބަރު: A2MC-A/2020/02-E (16 ޖޫން 2020) އިޢުލާނާއި ގުޅިގެން ސަރުކާރުގެ އެއްވެސް އިދާރާއަކުން މިތަކެތީގެ ތެރެއިން އެއްވެސް އެއްޗެއް ބޭނުންވާކަމަށް އަންގަވާފައި ނުވާތީވެ،ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔުން 09 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިކޯޓް ހިގަމުންދާ ޢިމާރާތުގެ ގޯތިތެރޭގައި އޮންނާނެއެވެ. ވީމާ، މިނީލަމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެދެއްވުމަކީ މިކޯޓްގެ ވަރަށް ބޮޑު އެދުމެކެވެ. މިނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ނީލަން ކިޔާ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އަގު އަދާކުރުމަށްފަހު، އެތަކެތި ގެންދަވަންވާނެއެވެ.
އަދަދު |
ތަކެތީގެ ބާވަތް |
ނީލަން ފެށުމަށް ހަޖެހިފައިވާ އަގު |
މިހާރުގެ ކޮންޑިޝަން / ޙާލަތު |
01 |
އެއަރކަންޑިޝަން ގްރީ 12000BTU |
50.00 |
ޙަލާކުވެފައި |
01 |
ބައިސްކަލް |
50.00 |
ޙަލާކުވެފައި |
01 |
ހިޓާޗީ ފެންމޯޓަރ |
150.00 |
ޙަލާކުވެފައި |
01 |
ޕްލާސްޓިކް ގޮނޑި |
10.00 |
ބައުވެ ކުލަވެއްޓިފައި |
01 |
ޕްލާސްޓިކް ގޮނޑި |
10.00 |
ބައުވެ ކުލަވެއްޓިފައި |
01 |
ފާހާނާ ތަށި ޓޭންކާއި ފިޓިންސް އާއިއެކު |
20.00 |
ބައުވެގެން ބަދަލުކޮށްފައި |
01 |
މީޑިއަމްބެކް ޗެއަރ |
10.00 |
ފައި ބިންދާގެންގޮސް |
01 |
ބެކަޕް ބެޓެރި |
5.00 |
ޙަލާކުވެފައި |
01 |
ބެކަޕް ބެޓެރި |
5.00 |
ޙަލާކުވެފައި |
01 |
ބެކަޕް ބެޓެރި |
5.00 |
ޙަލާކުވެފައި |
01 |
ރިހި އަނގޮޓި |
100.00 |
ހޮވައިގެން ގެނެސްފައިވާ |
01 |
ވަޅި (ކަވަރާއެކު) |
15.00 |
ހޮވައިގެން ގެނެސްފައިވާ |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ޖޫން 2020