މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އިންނަމާދޫގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމަށް

މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ

ރ. އިންނަމާދޫ، ދިވެހިރާއްޖެ                                                                                                

                                                                      ނަންބަރު: IUL)307/INDIV/2020/44)    

އިޢުލާން

މިރަށުގެ ލޭންޑް ޔޫސް ޕްލޭނެއްހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:

                 މިކައުންސިލުންދޭ މައުލޫމާތަކާއި އެއްގޮތަށް މިރަށުގެ ލޭންޑް ޔޫސް ޕްލޭނެއް ހަދައިދޭނެ ފަރާތެއް ހޯދަށް ބޭނުންވެއްޖެއެވެ.

                 ވީމާ، މިކަންކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 ޖުލައި 06 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 13:00 އަށް މި މިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު މި މަސައްކަތް ކޮށްދިނުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2020 ޖުލައި 12 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 13:00 ގައެވެ. އަންދާސިހިސާބު ހުށަހަޅާނީ މި އިދާރާއިން ދޭ އަންދާސީހިސާބު ހުށަހަޅާ ފޯމުންނެވެ. އަދި އަންދާސީހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ހަމައެހެންމެ އަންދާސީހިސާބު ބަލައިގަތުމަށްފަހު ހަމަ އެގަޑީގައި އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި އަންދާސީހިސާބު ކެނޑުން ބޭއްވޭނެއެވެ. އަދި ކަނޑައެޅިފައިވާ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަށްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަމިއްލަ ވިޔަފާރި ނުވަތަ ކުންފުނި ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެވާހަކަ މިފުރުސަތުގައި ދެންނެވީމެވެ.

                 މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

        07 ޛުލްޤައިދާ 1441

     28 ޖޫން 2020

28 ޖޫން 2020
ހޯދާ