މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް 19 ގެ ބަލި ފެތުރެމުންދިއުމާއި ގުޅޭ

އިޢުލާން

ކޮވިޑް 19 ގެ ބަލި ފެތުރެމުންދިއުމާއި ގުޅޭ

ކޮވިޑް 19 ގެ ބަލި ރަށްރަށަށް ފެތުރިއްޖެ ހާލަތެއްގައި އެ ބަލިޖެހޭ މީހުންނަށް ފަރުވާ ދިނުމާއި، ބަލިޖެހިފައިވާ މީހުން އެކަހެރިކޮށް ބޭއްތިއްބުމަށް ކުރަންޖެހޭ ތައްޔާރީތަކާއި އެކުލަވާލަންޖެހޭ އުސޫލުތަކާއި ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތް އެޗް ޕީ އޭ އާއި ދައުލަތުގެ އިދާރާތައް ގުޅިގެންދަނީ ކުރަމުންނެވެ. މިގޮތުން މިބަލިޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ބައިތިއްބައިގެން ފަރުވާ ދިނުމަށްޓަކައި 5 ސަރަހައްދެއްގައި ޚާއްސަ ހޮސްޕިޓަލްތަކެއް ދަނީ ޤާއިމް ކުރަމުންނެވެ.

މީގެއިތުރުން މިބަލިޖެހޭ ފަރާތްތަކުގެ ތެރެއިން އެޗް ޕީ އޭ ގެ މިންގަޑުތަކާއި އެއްގޮތަށް ހޮސްޕިޓަލުގައި ނުވަތަ ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ނުޖެހޭ ފމީހުން އެކަހެރިކޮށް ރަށްރަށުގައި ބޭއްތިއްބުމަށް ބޭނުންވާ ތަންތަން ރަށްރަށުގެ އާބާދީއަށް ބަލައި އެފަދަ ތަންތަން ހޯދުމަށް ވަނީ އަންގާފައެވެ.

ވީމާ ކޮޓަރި ކުއްޔަށްދޭން ބޭނުންވާ ފަރާތްތަކުން 28 ޖޫން 2020 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން މިއިދާރާއަށް ދުރުވެ ނަންނޯޓް ކުރެއްވުމަށް ދަންނަވަނެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

03 ޛުލްޤާއިދާ 1441

24 ޖޫން 2020
ހޯދާ